ދިވެއްސާއެކު އިތުރު 24 ބަސް ގޫގުލް ޓްރާންސްލޭޓް އަށް އިތުރުކޮށްފިއެވެ.
ގޫގުލް އިން ގޫގުލް ޓްރާންސްލޭޓް އަށް އާ 24 ބަހުރުވައެއް އިތުރުކޮށްފައިވާއިރު، ދުނިޔޭގެ އެތައް މިލިއަން ބަޔަކު ވާހަކަ ދައްކާ ބަސްތައް ގޫގުލް އިން ވަނީ މީގެ ކުރިންވެސް ހިމަނާފަ އެވެ. މީގެ ކުރިން ކުންފުނީގެ ތަރުޖަމާ ކުރުމުގެ ފީޗަރ މަސައްކަތް ކުރީ ހަމައެކަނި 109 ބަހުރުވަ އަކާއި އެކުގައި ކަމަށްވިޔަސް މިހާރު އެ އަދަދު ވަނީ 133 އަށް އަރާފައެވެ.
އަލަށް އިތުރު ކުރި ބަސް ބަސް ތަކުގެ ތެރޭގައި ހިމެނެނީ އައް އައިމާރާ، ބަމްބަރާ، ބޫޖްޕޫރީ، ދިވެހި، ޑޮގްރީ، އީވީ، ގުރާނީ، އިލޮކާނޯ، ކޮންކާނީ، ކްރިއޯ، ކުރުދިސްތާން (ޝޯރަން)، ލިންގާލާ، ލުގަންޑާ، މައިތިލީ، މައިތިލޯން (މަނިޕޫރީ)، މިޒޯ، އޮރޯމޯ، ކުއެޗުއާ، ސެޕީޑީ، ޓިގްރިނިއާ، ތޮންގްގާ، އަދި ޓްވިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިި އެވެ.
ގޫގުލްއިން ބުނީ ބަސްތައް އިތުރު ކުރި ނަމަވެސް ބައެއް ޔޫޒަރުންނަށް އަދި އަލަށް އިތުރުކުރި ލޭންގްއޭޖް ތައް ލިބުމަށް ދެތިންދުވަސް ނަގާފާނެކަމަށެވެ.
ގޫގުލް ޓްރާންސްލޭޓަރ އަށް ދިވެހި އިތުރު ކުރީ އިއްޔެ ކަމުގައިވީނަމަވެސް މީގެ މަސްތަކެއް ކުރިން މައިކްރޯސޮފްޓް ( ބިންގް ޓްރާންސްލޭޓަރ ) ދިވެހި ބަސްވަނީ އިތުރުކޮށްފައެެވެ. އަދި އޭގެ ބޭނުން ގިނަބަޔަކު މިހާރު ހިފަމުންދާކަން ފާހަގަކޮށްލަން ޖެހެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...