ޚަބަރު 2023ގެ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހް ވާދަނުކުރައްވަން ނުނިންމަވާ ކަމަށް ވިދާޅުވެއްޖެ

2023ގެ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހް ވާދަނުކުރައްވަން ނުނިންމަވާ ކަމަށް ވިދާޅުވެއްޖެ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް


2023ގެ ރިޔާސީ އިންތިހާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވާދަނުކުރައްވަން ނިންމަވާފައި ނުވާކަމަށާއި އެމަނިކުފާނާ ގުޅޭގޮތުން ރައީސް ނަޝީދު ހެއްދެވީ އިތުރުފުޅެއް ކަމަށް ރައީސް ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙް މިހެން ވިދާޅުވެފައި ވަނީ ނަޝީދުގެ ވާހަފުޅުތަކާއި ގުޅިގެން ރާއްޖޭގެ ބައެއް މީޑިއާތަކާއި ވާހަކަދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ވެސް ނޫނީ ޕާޓީގެ ޕްރައިމަރީގައި ވެސް ވާދަކުރެއްވުމާ ގުޅޭގޮތުން އެއްވެސް މަޝްވަރާއެއް ރައީސް ނަޝީދާއި ކުރައްވާފައި ނުވާނެކަމަށެވެ އަދި އެމްޑީޕީގެ ޕްރައިމަރީގައި ވާދަ ނުކުރަން ވެސް ނުނިންމާކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ. އަދި އެފަދަ އެއްވެސް ކަމަކާ އެއްވެސް ފަރާތަކާ މަޝްވަރާ ނުކުރައްވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާއި ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބުރޫކް އަޒީޒް ވެސް ވަނީ މިކަން ދޮގުކުރައްވާފައެވެ.

މަބުރޫކް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވާދަނުކުރައްވާ ނިންމާ އެކަން އެއްވެސް ބޭފުޅަކާ ހިއްސާ ކުރައްވާފައި ނުވާ ކަމަަށެވެ. އަދި ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމާއި ގުޅޭގޮތުން ގޮތެއް ނިންމެވުމަށް ފަހު އެކަން އެމަނިކުފާނު ހާމަ ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ އެތެރޭގައި ޚިޔާލުތަފާތުވުން ބޮޑުވެ ޕާޓީގެ އެންމެ އިސް ލީޑަރު ރައީސުލްޖުމްހޫރިއްޔާ އާއި ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ތާޢީދުކުރާ ފަރާތްތަކުގެ މެދުގައި ގެންދަނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޕާޓީން ނެރޭނެ ކެނޑިޑޭޓަކާމެދު ބަހުސް ކުރެވެމުންނެވެ. އެގޮތުން ރައީސް ޞާލިޙަށް ތާޢީދުކުރާ ފަރާތްތަކުން ބުނަމުންގެންދަނީ ރައީސް ޞާލިޙަށް ދެވަނަ ދައުރެއް ދެއްވަން ޖެހޭކަމަށެވެ. ނަމަވެސް ރައީސް ނަޝީދު ފެކްޝަނުން އަބަދުވެސް ވަކާލާތު ކުރަމުން ދަނީ ޕާޓީގެ އެތެރޭގެ ޕްރައިމަރީއަކުން ރިޔާސީ ކެނޑިޑޭޓު ކަނޑައެޅޫމަށެވެ.

ޓެގް

ރައީސް ނަޝީދު ރައީސްއިބްރާހިމްމުޙައްމަދުޞޯލިޙު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.