މުށްބާރުކަން ދޫކޮށްލުމީ ހެޔޮއުޅުމަކަށް ބޭނުންކަމެއް
މުށްބާރުކަން އަށަގަތުމަކީ ދަހިވެތިވުމުން ވާވެސްކަމެއް
ކުޅަހޭދައެއް އޮތްހެޔޮމަގުން ޝުހުރަތުލިބުން ނުމެއެދިތިމާ
ކުޅަހެޔޮޢަމަލު ކަމުގައިވެގެން ހެޔޮވީއަޖުރު ލިބިދާކަމެއް
ހާޖަތްތެރީންނާ ނިކަމެތިން އެކިގިންތިއަށް ބެހިދާކަމުން
ހާޖަތްތެރިން ހޯދާބަލައި ޞަދަޤާތްކުރުން ޖެހިދާކަމެއް
ހުޅުވާނުލާ އެއްކޮށްއެކީ ލައްޕާނުލާ އެއްކޮށްއެމުށް
އުޅުމަށްއެވާ މެދުމިންވަރުން ކަންތައްކުރުންމީ ހެޔޮގޮތެއް
ނިކަމެތި ޔަތީމު ފަޤީރުނަށް އޯގާވުމަށް ޖެހިދާކަމުން
ނިކަމެތިކަމާ ހައިހޫނުކަން ފިލުވާދިނުން ބޮޑުހެޔޮކަމެއް
ﷲ އަށް ޚާލިޞްކުރާށޭ އަޅުކަމާ ހެޔޮހާޢަމަލު
ﷲ އެންގެވި ގޮތްމަތިން ކަންތައްކުރުން ވާޖިބުކަމެއް
ކޮމެންޓް (0)
ލޯޑް ކުރަމުން...