މުނިފޫހި ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން ލަސްވެފައިވާ ބޮލީވުޑްގެ އެވޯޑް ހަފްލާއެއް އަބޫދާބީގައި ބާއްވައިފި

ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން ލަސްވެފައިވާ ބޮލީވުޑްގެ އެވޯޑް ހަފްލާއެއް އަބޫދާބީގައި ބާއްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް


އަބޫދާބީގައި ބާއްވާ އިންޓަނޭޝަނަލް އިންޑިއަން ފިލްމް އެކަޑަމީގެ އެވޯޑްތައް ކޮވިޑްގެ ބަލިމަޑުކަމާހެދި ނުބޭއްވި އޮތުމަށްފަހު އިންޑިއާގެ މަޝްހޫރު ތަރިންނާއި ބޮލީވުޑްގެ ތަރިން ނާއި އެކު ބާއްވައިފި އެވެ.

ހުކުރު ދުވަހުގެ ރޭ އެ ރަސްމިއްޔާތު ބާވާފައިވާއިރު، މިދިޔަ ދެ އަހަރު ތެރޭގައި ދެ ފަހަރެއްގެ މަތިން ވަނީ ކޮރޯނާ ވައިރަސްގެ ބަލިމަޑުކަމާ ގުޅިގެން އެވޯޑް ހަފްލާ ކެންސަލްކޮށްފަ އެވެ.

“އަހަރެމެން އެންމެން އަބޫދާބީ ދެކެ ލޯބިވަނީ އިންޑިއާއާ ގާތް އަދި އެއްގޮތް ސަގާފަތެއް އޮންނަ ރަށަކަށް ވާތީ އާއި އަހަރެމެންގެ ސިނަމާ އާއި ފިލްމު ޕްރޮޑިއުސަރުން އެނބުރި ގައުމަށް އައިސްފައިވާތީ އަދި އަބޫދާބީގައި ޝޫޓިން އަށް އަރާމު އިހުސާސް ކުރެވޭތީ، އެހެންވީމަ އަހަރެން މިހުރީ ސިނަމާ މެދުވެރިކޮށް ރަނގަޅު ގުޅުންތަކެއް ބިނާ ކުރަން،” އެވޯޑް ހަފްލާގެ ބައިވެރިއެއް ކަމުގައިވާ ފިލްމީ ތަރި ޓިމިންސް ބުންޏެވެ.

ދެދުވަހުގެ މުއްދަތަށް ދިގުދެމިގެން ދިޔަ މި އެވޯޑް ހަފްލާގެ ރަސްމިއްޔާތު ނިންމާލާނީ ހޮނިހިރު ދުވަހުގެ ރޭ އެވެ.

ޓެގް

ބޮލީވުޑް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.