އިޓަލީ ވިލާތުގެ ހެލިކޮޕްޓަރު ވެއްޓުނު ހާދިސާގައި 7 މީހުން މަރުވެފައި އޮއްވާ ފެނިއްޖެއެވެ. އެއީ ތުރުކީ ވިލާތަށް ނިސްބަތްވާ 4 މީހަކާއި، ލުބުނާނުގެ 2 މީހެކެވެ.
މި ހާދިސާގައި މަރުވި ހަތް މީހުންގެ ހަށިގަނޑުވެސް މީހުން ސަލާމަތްކުރާ ފަރާތްތަކަށް ފެނިފައިވާ ކަމަށް ނޫސްތަކުން ރިޕޯޓް ކޮށްފައިވެ އެވެ.
އެ ހާދިސާ ހިނގީ ބުރާސްފަތި ދުވަހު ޓާސްކާނީގެ ލުކާއިން އުތުރުގެ ސިޓީއެއް ކަމަށްވާ ޓްރެވިސޯއާ ދިމާއަށް ދަތުރުކުރަމުން ގޮސް މޫސުން ގޯސްވެގެން ކަމަށް ބެލެވެއެވެ.
“އިޓަލީއަށް ވިޔަފާރި ދަތުރެއްގައި ދިޔަ ހެލިކޮޕްޓަރުގައި ތިބި ހަތް މީހުން މަރުވެފައި އޮއްވާ ފެނިފައިވާއިރު، އިޓަލީގެ ޕައިލެޓް ވެސް ހިމެނޭކަމަށް މޮޑެނާ ސިޓީގައި ހުންނަ ޕްރިފެކްޓްގެ އޮފީހުން ނެރުނު ބަޔާނެއްގައިވެ އެވެ.
އެ ހެލިކޮޕްޓަރު ފެނިފައިވަނީ ޓާސްކާނީ އާއި އެމިލިއާ ރޮމާގްނާ ސަރަހައްދުގެ ބޯޑަރުގައި އޮންނަ ފަރުބަދަމަތީ ސަރަހައްދަކުން ކަމަށް ބަޔާނުގައިވެ އެވެ.
އެ މައްސަލައިގެ ތަހުގީގު މިހާރު ދަނީ ކުރިއަށެވެ.
“އަޅުގަނޑުމެންނަށް ކޯޑިނޭޓްތައް ލިބުނު، އަޅުގަނޑުމެން ސައިޓަށް ގޮސް ބެލިއިރު ހުރިހާ އެއްޗެއް އަނދާފައި ހުރިތަން ފެނުނީ. ހެލިކޮޕްޓަރު އޮތީ ވާދީއެއްގެ ތެރޭގައި، ކޯރެއް ކައިރީގައި،” އިޓަލީގެ ވައިގެ ސިފައިންގެ ޓްވިޓާ އެކައުންޓުގައި އާންމުކުރި ވީޑިއޯއެއްގައި ވާހަކަ ދައްކާ މީހުން ސަލާމަތްކުރި މީހަކު ބުންޏެވެ.
އެއިން ދަތުރުކުރި ތުރުކީގެ ވިޔަފާރިވެރިންނަކީ ތުރުކީގެ ބޮޑު ސިނާއީ ޖަމާއަތެއް ކަމަށްވާ އެކްޒާސިބާސީގެ ސަބްސިޑަރީއެއް ކަމަށްވާ އެކްޒާސިބާސީ ކޮންސިއުމަރ ޕްރޮޑަކްޓްސް ގައި މަސައްކަތްކުރާ ބައެއްކަމަށް ވެއެވެ. އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެމީހުން އިޓަލީއަށް ދިޔައީ އިޓަލީގައި ބޭއްވި ޕޭޕަރ ޓެކްނޮލޮޖީސް ފެއާގައި ބައިވެރިވުމަށެވެ.
އެ ހެލިކޮޕްޓަރަކީ ޑިފެންސް ގްރޫޕް ލިއޮނާޑޯ އިން އުފައްދާފައިވާ AW119 ކޮއާލާ އެއް ކަމަށް އެ މައްސަލަ ތަހުގީގު ކުރާ ޓީމްގެ މީހަކު ރޮއިޓާސް އަށް ބުންޏެވެ.
އެންސާގެ ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި އެއީ އިޓަލީގެ އުތުރުގެ ތިއެނޭގައި ހުންނަ ޓްރާންސްޕޯޓް އެންޑް އެރޮނޮޓިކް މެއިންޓެނަންސް ކުންފުނި އެވިއޯ ހެލިކޮޕްޓާސްގެ ހިއްސާއެކެވެ.
އެވިއޯ ހެލިކޮޕްޓާސްގެ ބަހެއް މިކަމާ ގުޅިގެން އަދި ނުބުނެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...