ޓެކްނޮލޮޖީ މައިކްރޯސޮފްޓްގެ އިންޓަރނެޓް އެކްސްޕްލޯރާ ރަސްމީކޮށް ހުއްޓާލައިފި

މައިކްރޯސޮފްޓްގެ އިންޓަރނެޓް އެކްސްޕްލޯރާ ރަސްމީކޮށް ހުއްޓާލައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މައިކްރޯސޮފްޓްގެ ޒަމާންވީ އުފެއްދުމެއްކަމުގައިވާ އިންޓަރނެޓް އެކްސްޕްލޯރަރ 26 އަހަރަށްވުރެ ގިނަ ދުވަހަށް އިއްޔެ ރަސްމީކޮށް ހުއްޓާލައިފިއެވެ.


އިންޓަރނެޓް އެކްސްޕްލޯރަ ހުއްޓާލާނެކަން މިދިޔައަހަރުން ފެށިގެން އިއުލާން ކޮށްފައިވާއިރު، އޭގެ ޚިދުމަތް މައިކްރޯސޮފްޓުން ދޭންފެށީ 1995 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 15 ވަނަ ދުވަހު އެވެ. އެ ބްރައުޒަރ ނެރުނުތާ 26 އަހަރާއި 10 މަސް (9،801 ދުވަސް) އިއްޔެއާއި ހިސާބަށް އެވަނީ ވެފައެވެ .

ގާތްގަނޑަކަށް ފެށުނީއްސުރެ ވެސް އެއީ ޚިޔާލުތަފާތުވުންތައް ކޯޓް ކުރި ވިންޑޯޒް 95 ލޯންޗުކުރުމަށްފަހު (1995 ވަނަ އަހަރުގެ އޮގަސްޓް މަހުވެސް) މައިކްރޮސޮފްޓުން ވަނީ އިންޓަރނެޓް އެކްސްޕްލޯރަރ އޮޕަރޭޓިންގ ސިސްޓަމްގެ އޯއީއެމް ވަރޝަންތަކާއެކު ބަންޑްލް ކުރަން ފަށާފައެވެ.

އިންޓަނެޓް އެކްސްޕްލޯރާގެ ބަދަލުގައި މައިކްރޮސޮފްޓުން އެޖް ބްރައުޒާ ނެރެފައިވާއިރު، އިންޓަރނެޓް އެކްސްޕްލޯރާއަކީ ދުނިޔޭގައި އެންމެ ގިނަމީހުން ބޭނުންކުރި އެއްބުރޯސާއެވެ. 2002 އަދި 2003 ގައި % 95 މީހުން އިންޓަރނެޓް އެކްސްޕްލޯރާ ބޭނުންކުރިއެވެ.

ޓެގް

މައިކްރޯސޮފްޓް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.