ޙައްޖާއި ޢުމްރާއަށް ވަޑައިގަންނަވާ ދިވެހިންނަށް ޚާއްޞަކޮށްގެން އެޕްލިކޭޝަނެއް ތަޢާރަފުކޮށްފިއެވެ.
ރާއްޖެއިން ޙައްޖާއި ޢުމްރާއަށް ވަޑައިގަންނަވާ ފަރާތްތަކަށް ޚާއްޞަކޮށްގެން ޙައްޖާއި ޢުމްރާގެ ދުޢާތައް ހިމެނޭގޮތަށް ޚާއްޞަ އެންޑްރޮއިޑް އެޕްލިކޭޝަނެއް ތަޢާރަފުކޮށްފައި ވާއިރު މި އެޕްލިކޭޝަން އެންޑްރޮއިޑް ފޯނުތަކަށް މިހާރު ފަސޭހަކަމާއެކު ޑައުންލޯޑް ކޮށްލެވޭނެއެވެ.
ވާރިދުވެފައިވާ ދުއާތަކާއި ތަސްބީހަ ތަކުގެ އިތުރުން މި އެޕްލިކޭޝަނުގައި ޙައްޖާއި ޢުމްރާއަށް ގުޅުންހުރި އެތަކެއް މަޢުލޫމާތުތަކެއް ހިމަނާފައިވެއެވެ. މި އެޕްލިކޭޝަން ތަޢާރަފުކޮށްފައިވަނީ “ތަޒްކީރަން”ގެ ހެޔޮއެދުންތަކާއިއެކުގައެވެ.
މި އެޕްލިކޭޝަން ފޯނަށް އަޅާލުމުން ދެން ކުރިން ގެންގުޅު ގޮތަށް އަތުގައި ޢުމްރާ ދުޢާ ކާޑުފަދަ ތަކެތި ގެންގުޅޭކަށް ނުޖެހޭނެއެވެ.
މި އެޕްލިކޭޝަން ޑައުންލޯޑްކުރުމަށް މި ލިކަން ވަންނަވާށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...