ބޭރުދުނިޔެ ލަންކާގެ ޕެޓްރޯލް ސްޓޮކްތައް ހުސްވަނީ ކަމަށް އިންޒާރު ކޮށްފި

ލަންކާގެ ޕެޓްރޯލް ސްޓޮކްތައް ހުސްވަނީ ކަމަށް އިންޒާރު ކޮށްފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް


70 އަހަރަށްފަހު ލަންކާގެ އިޤްތިޞާދީ ދަތިކަން ކުރިމަތިވެފައިވާއިރު، އެޤައުމުގެ ފިއުލް ސްޓޮކް ހުރި މިންވަރާ ގުޅިގެން އެނާޖީ މިނިސްޓަރ ވަނީ ވަރަށް ބޮޑަށް އިންޒާރު ދެއްވާފައެވެ.

ހުކުރު ދުވަހު ކަންޗަނާ ވިޖެސެކެރާ ވިދާޅުވީ ލަންކާގައިި މިހާރު އޮތް ތެލުގެ ޑިމާންޑާ އެއްވަރަށް ތެޔޮޚަރުދުވާނަމަ ބާކީ އޮތީ ހަމައެކަނި އެންމެ ދުވަހަކަށް ވާވަރަށްވުރެ މަދުޕެޓްރޯލް ކަމަށެވެ.

ތެލާއި ކާބޯތަކެތި އަދި ބޭސް ފަދަ ތަކެތި އިމްޕޯޓް ކުރުމަށް ފައިސާ ދެއްކުމަށް ދަތިތަކެއް ކުރިމަތިވެފައިވާތީ މިދިޔަ ހަފްތާގައި ލަންކާއިން ވަނީ ޒަރޫރީ ބޭނުންތަކަށް ނޫން ގޮތެއްގައި ބޭނުންކުރާ ވެހިކަލްތަކަށް ޕެޓްރޯލާއި ޑީސަލް ވިއްކުން މެދުކަނޑާލާފަ އެވެ.

މިސްޓަރ ވިޖެސެކެރާ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ އެގައުމުގެ ރިޒާވްގައި ބާކީ އޮތީ 12،774 ޓަނުގެ ޑީސަލް އާއި 4،061 ޓަނުގެ ޕެޓްރޯލް ކަމަށެވެ.

“ދެން ޕެޓްރޯލް ޝިޕްމަންޓް ކުރާނެ ކަމަށް ބެލެވެނީ [ޖުލައި] މަހުގެ 22 އާއި 23 އާ ދެމެދު،” އޭނާ އިތުރަށް ވިދާޅުވި އެވެ.

ލަންކާއަށް ޕެޓްރޯލް ދަތިވުމުގެ ފަހަތުގައި އޮތީ ކޮންކަމެއް ހެއްޔެވެ؟
ހަފްތާ ބަންދުގައި ޑީސަލްގެ ޝިޕްމަންޓެއް އަންނާނެ ކަމަށް ބެލެވުނު ނަމަވެސް ވިޖެސެކެރާ އިންޒާރު ދެއްވީ އެގައުމުގައި ޕްލޭންކޮށްފައިވާ ތެލާއި ސާފުނުކުރާ ތެޔޮ އެތެރެކުރުމަށް ފައިސާ ދައްކަން ޖެހޭ ވަރަށް ފައިސާ ނެތް ކަމަށެވެ.

އޭނާ ވިދާޅުވީ ލަންކާގެ މަރުކަޒީ ބޭންކަށް ތެޔޮ ގަތުމަށް ސަޕްލައި ކުރެވޭނީ އެންމެ 125 މިލިއަން ޑޮލަރު ކަމަށާއި އެއީ އެ ބޭންކަށް ޝެޑިއުލް ކޮށްފައިވާ ޝިޕްމަންޓްތަކަށް ބޭނުންވާ 587 މިލިއަން ޑޮލަރަށް ވުރެ މާ ކުޑަ އަދަދެއް ކަމަށެވެ.

މިސްޓަރ ވިޖެސެކެރާ އިތުރަށް ވިދާޅުވީ މިއަހަރުގެ ކުރީކޮޅު އެގައުމުން ގަތް ތަކެތި ގަތުމަށް ހަތް ސަޕްލައިއަރަކަށް 800 މިލިއަން ޑޮލަރު ދައްކަންޖެހޭ ކަމަށެވެ.

އެއީ އަންނަ ހަފްތާގެ ނިޔަލަށް ލަންކާއިން އަމިއްލަ އުޅަނދުތަކަށް ތެޔޮ ވިއްކުން މަނާކުރި ފަހުންނެވެ.

ތަޖުރިބާކާރުން ގަބޫލުކުރާ ގޮތުގައި އެމެރިކާ އާއި ޔޫރަޕްގައި 1970 ގެ އަހަރުތަކުގައި ތެލުގެ ދަތިކަން ކުރިމަތިވި ފަހުން ލަންކާއަކީ އާއްމު މީހުންނަށް ޕެޓްރޯލް ވިއްކުން ހުއްޓުވުމުގެ ހަރުކަށި ފިޔަވަޅު އެޅި ފުރަތަމަ ގައުމެވެ.

22 މިލިއަން މީހުންގެ ޖަޒީރާ ގައުމަށް 1948 ވަނަ އަހަރު އިނގިރޭސިވިލާތުން މިނިވަންވި ފަހުން ކުރިމަތިވެފައިވާ އިގްތިސާދީ ދަތިކަން ކުރިމަތިވެފައިވަނީ ޒަރޫރީ މުދާ އެތެރެކުރުމަށް ފައިސާ ދެއްކޭ ވަރަށް ބޭރު ފައިސާ ނެތުމުންނެވެ.

ތެލާއި ކާނާ އަދި ބޭހުގެ ސީރިއަސް ދަތިކަމުގެ ސަބަބުން ގިނަ ބަޔަކު ދިރިއުޅުން ބަރޯސާވާ އުޅަނދުތަކަށް ބަރޯސާވާ ގައުމުގައި ދިރިއުޅުމުގެ އަގު ރެކޯޑް މިންވަރަކަށް މައްޗަށް ގެންދިއުމަށް އެހީތެރިވެދީފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު އިންޓަނޭޝަނަލް މަނިޓަރީ ފަންޑުގެ ޓީމަކުން ވަނީ ތިން ބިލިއަން ޑޮލަރު (2.5 ބިލިއަން ޕައުންޑް) ގެ ބެއިލްއައުޓް އެއްބަސްވުމާ ގުޅޭ ގޮތުން ލަންކާއާ އެކު އާ ބުރެއްގެ މަޝްވަރާތައް ނިންމާލާފަ އެވެ.

އަދި އެއްބަސްވުމަކަށް ނާދެވުނު ނަމަވެސް، އެ ޓީމުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ “މެކްރޯ އިގްތިސާދީ އަދި ސްޓްރަކްޗަރަލް ޕޮލިސީ ޕެކޭޖެއް ކަނޑައެޅުމުގައި ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ” ކަމަށެވެ.

އަދި ލަންކާގެ ރައްޔިތުންނަށް މިހާރު ކުރިމަތިވެފައިވާ ބައެއް ދަތިތައް، ޚާއްސަކޮށް މި ދަތިކަމުގެ ސަބަބުން ނިސްބަތުން ބޮޑު އަސަރެއް ކުރަނީ ފަގީރުންނާއި ނާޒުކު މީހުންނަށް ކަމަށް ވެސް ބުނެފައިވެ އެވެ.

ޓެގް

ލަންކާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.