މާލޭގެ ދެ ސަރަހައްދެއް ބަންދު ކޮށްގެން ސިފައިން މިއަދު ހަރަކާތްތެރިވީ ގޮތް ނޭނގޭ އެއްޗެއް އެ ދެ ސަރަހައްދުގައި އޮތް ކަމަށް ލިބުނު ރިޕޯޓަކާއި ގުޅިގެން ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.
އެމްއެންޑީއެފް އިން ބުނީ އެ ދެ ސަރަހައްދު ބަންދު ކޮށްގެން ބެލި ބެލުންތަކުން އެއްވެސް ނުރައްކަލެއް ނެތްކަން މިހާރު ޔަގީންވެފައިވާ ކަމަށެވެ.
އެހެންކަމުން ސިފައިން ބަންދުކުރި ދެ ސަރަހައްދު ވެސް މިހާރު ހުޅުވާލާފައިވާ ކަމަށެވެ. އަދި އެކަމުގައި އާއްމުން ދިން އެހީތެރިކަމަށް ޝުކުރު އަދާ ކުރާ ކަމަށް ވެސް ބުންޏެވެ.
ސިފައިން ބަންދު ކޮށްފައި ވަނީ ބޮޑުތަކުރުފާނު މަގުން ޗައިނާ އެމްބަސީ ހިމެނޭ ސަރަހައްދާއި ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ދިރިއުޅުއްވާ ގެކޮޅު ކަމަށްވާ މުރައިދޫގޭ ހިމެނޭ ސަރަހައްދުގެ އިތުރުން ސުޕްރީމް ކޯޓު ސަރަހައްދެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...