ޚަބަރު ގައުމަށް މިލިބޭ ގެއްލުމުގެ އަގު އެމްޑީޕީން ދައްކަންޖެހޭނެ: އާދަމް ޝަރީފް

ގައުމަށް މިލިބޭ ގެއްލުމުގެ އަގު އެމްޑީޕީން ދައްކަންޖެހޭނެ: އާދަމް ޝަރީފް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް


މިހާރު ޤައުމަށް ލިބެމުންދާ ގެއްލުމުގެ އަގު އެމްޑީޕީން ދައްކަން ނުޖެހޭނެ އެއްވެސް ގޮތެއް ނެތްކަމަށް ޕީއެންސީގެ ނާއިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދީ ޙާލަތު މިހާރު އޮތްގޮތުން ދަރަނިން ސަލާމަތްވުމަށް ޓެކްސް ނަގާ މިންވަރު އިތުރު ނުކޮށްވެސް އެކަން ކުރެވޭނެ ކަމަށާއި، އެކަންކަން ނުވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ބައްލަވަންވާވަރަށް ނުބައްލަވާތީކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވުމާއި ގުޅިގެން ދެއްވި ރައްދުގައެވެ.

އާދަމް ޝަރީފް ވިދާޅުވީ، ޤައުމުގެ އިޤްތިޞާދު އަނދަވަޅަށް ވައްޓާލާފައިވާކަމަށާއި، ސިޔާސަތުތައް ގެއްލުވާލާފައިވާކަމަށެވެ. އަދި މުންކަރާތްތަކަށް ހުޅުވާލާފައިވާކަމަށްވެސް އާދަމް ޝަރީފް ވިދާޅުވިއެވެ. އޭނާ މިހެން މިދާޅުވެފައިވަނީ ސަރުކާރުގެ އިސް ބޭފުޅުންނާއި ގުޅުންއޮންނަ ބައެއް ފަރާތްތަކުން އެއްޖިންސުން ގުޅުންހިންގާ ވީޑިއޯއާއި ބަރަހަނާ ފޮޓޯތަކެއް އާންމުވެފައިވާތީއެވެ.

އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ކޮންމެ ވާހަކައެއް ދެއްކިޔަސް، މި “ނިފާގު” ވެރިކަމުން ޤައުމަށް ލިބޭ ގެއްލުމުގެ އަގު އެމްޑީޕީ އިން ދައްކަން ނުޖެހޭނެ ގޮތެއް ނެތް!

– އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވެފައިވާއިރު، ޖީއެސްޓީއާއި، ޓީޖީއެސްޓީ ބޮޑުކުރަން ސަރުކާރުން ނިންމުމާއި ގުޅިގެން، ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތަށާއި، ސަރުކާރަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ.

ސަރުކާރުގެ އެ ނިންމުމާއި ގުޅޭގޮތުން އެމްޑީޕީގެ ރައީސް އަދި މަޖިލިސް ރައީސް ވަނީ އެމަނިކުފާނަކީ އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ އެމްޑީޕީގެ މެންބަރެއްކަމަށާއި، ނަމަވެސް ސަރުކާރުގެ އެ ނިންމުމާއި ގުޅޭގޮތުން އެއްވެސް މަޝްވަރާއެއް ކޮށްފައިނުވާކަމަށެވެ. ނަޝީދުވެސް އަންނަނީ ސަރުކާރުގެ އެ ނިންމުމަށް ފާޑު ވިދާޅުވަމުންނެވެ.

ޓެގް

އާދަމް ޝަރީފް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.