ޔޫކްރޭންގެ މެދުތެރޭގެ ވިނިސިއާ ސިޓީގައި ހުންނަ މަދަނީ އިމާރާތްތަކަށާއި ސަގާފީ މަރުކަޒަށް ރަޝިޔާއިން ދިން މިސައިލް ހަމަލާތަކެއްގައި 17 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ހަނގުރާމައިގެ ފްރަންޓްލައިންތަކާ ދުރުގައި އޮންނަ ވިނިޓްޝިއާއަށް ދިން ހަމަލާ ދީފައިވަނީ ހެނދުނުގެ ވަގުތެއްގައި މަގުތައް މީހުން ގިނަވެފައި ވަނިކޮށެވެ. އެއީ ވިޔަފާރި މަރުކަޒެއްކަމުން ދުއްވާ އެއްޗެހި ގިނަ ވެފައިވާއިރު، ކާރުތަކުގައި އަލިފާން ރޯވެ ބޯ ކަޅު ދުންތަކެއް މައްޗަށް އަރަމުންދާތަން ވަނީ ފެނިފައެވެ.
ޔޫކްރޭންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ އެ ހަމަލާ ކުށްވެރިކުރައްވަމުން ވިދާޅުވީ ކޮންމެ ދުވަހަކުވެސް ރަޝިޔާއިން އާންމު އާބާދީ ހަލާކުކޮށް، ޔޫކްރޭންގެ ކުޑަކުދިން މަރާ، އަސްކަރީ އެއްވެސް ކަމެއް ނެތް މަދަނީ އަމާޒުތަކަށް ރޮކެޓްތައް އަމާޒުކުރާ ކަމަށެވެ. ޓެރަރިޒަމްގެ ފާޅުކަން ބޮޑު އަމަލެއް ނޫން ނަމަ މިއީ ކޮންކަމެއް ހެއްޔެވެ؟ ކިލަރ ސްޓޭޓް. ޓެރަރިސްޓް ދައުލަތެއް.”
ރިޕޯޓްތައް ބުނާ ގޮތުގައި މަރުވި މީހުންގެ އަދަދު ވަނީ 17 އަށް އަރާފައެވެ. އޭގެ ތެރޭގައި ދެ ކުދިން ހިމެނެއެވެ.
ބައެއް ރިޕޯޓްތައް ބުނާގޮތުން ކަޅު ކަނޑުން ފޮނުވާލި ހަތް ކްރޫޒް މިސައިލް އެ ސިޓީއަށް އެރިއިރު، ހަތަރު މިސައިލް ވަނީ ޔޫކްރޭންގެ ވައިގެ ދިފާއީ ނިޒާމުގެ އެހީގައި ހިފަހައްޓާފައެވެ.
ސޯޝަލް މީޑިއާގައި އާންމުކުރި ވީޑިއޯ ފޫޓޭޖުން ފެންނަ ގޮތުގައި އިމާރާތުގެ ފުރާޅުގެ ޓިނުތައް ވަޔާ އުދުހިގެންދާތަން ފެންނައިރު، ކުރިމަތީގައި ހުރި މަލްޓިސްޓޯރީ އިމާރާތެއްގެ ގްރައުންޑް ފްލޯގައި ހުރި ރެސްޓޯރެންޓްތަކާއި އެހެނިހެން ވިޔަފާރިތަކަށް ވެސް ވަރަށް ބޮޑަށް ގެއްލުން ލިބިފައިވެ އެވެ.
އެހެން ފޫޓޭޖުތަކުން ފެންނަ ގޮތުގައި ޒަހަމްވި އަންހެނަކު ސަލާމަތް ކުރުމުގެ މަސައްކަތް ކުރާ މީހުން އެތަނުން ގެންދާތަން ފެނެ އެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...