ދުނިޔޭގެ 60 ގައުމަކުން އިންޑިއާއަށް ‘ވިސާ އޮން އެރައިވަލް’ ލިބުމުގެ ފުރުސަތު އޮތް އިރު، އޭޝިއާ އާއި އެފްރިކާގެ ގިނަ ގައުމުތައް މިލިސްޓްގައި ހިމެނެއެވެ
199 ޕާސްޕޯޓްގެ ތެރޭގައި ‘އެންމެ ވަރުގަދަ’ އަދި ‘އެންމެ ބަލިކަށި’ ޕާސްޕޯޓް ރޭންކް ކުރުމަށް އިންޓަނޭޝަނަލް އެއާ ޓްރާންސްޕޯޓް އޮތޯރިޓީ (އައިއޭޓީއޭ)ގެ ޑޭޓާ ބޭނުން ކުރާ ގްލޯބަލް ޕާސްޕޯޓް ރޭންކިން ޗާޓް ހެންލީ ޕާސްޕޯޓް އިންޑެކްސްގައި އިންޑިއާ 87 ވަނައިގައި އޮތްއިރު، އިންޑިއާގެ ޕާސްޕޯޓުގައި 60 ގައުމަކަށް ވިސާއާ ނުލައި ދެވޭނެ ގޮތް މިހާރު އެވަނީ ހަދައިފައެވެ.
މި ޗާޓުގެ އެންމެ ކުރީގައި އޮތް ޖަޕާނަށް ވިސާއާ ނުލައި 193 ގައުމަކަށް ދެވޭއިރު، ސިންގަޕޫރާއި ދެކުނު ކޮރެއާއަށް ވިސާއާ ނުލައި ދެވޭނީ 192 ގައުމަކަށެވެ.
ތިން ވަނަ ކުއާޓަރުގައި އިންޑިއާ ދެ ދަރަޖަ ދަށަށް ދިޔަ ނަމަވެސް މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ތިން ދަރަޖަ މައްޗަށް ދިޔަ އެވެ. 2021 ވަނަ އަހަރުގެ 3 ވަނަ ކުއާޓަރާއި 4 ވަނަ ކުއާޓަރުގައި އިންޑިއާ އޮތީ 90 ވަނައިގައެވެ.
ޕާސްޕޯޓް އިންޑެކްސްގައި އެއް ގައުމެއްގެ ޑިޕްލޮމެޓިކް ގުޅުން އަނެއް ގައުމާ އެކު އޮންނަ ވަރުގަދަކަން ބަޔާންކޮށްދޭ އެންމެ މުހިންމު ކަމަކީ، އެއް ޤައުމުން އަނެއް ޤައުމަށް ‘ފަސޭހައިން’ ދަތުރުފަތުރު ކުރެވޭނެގޮތް މެދުވެރިވެފައި އޮތުމެވެ.
އިންޑިއާ މީހުންނަށް “ވިސާ އޮން އެރައިވަލް” ލިބޭ ގައުމުތަކުގެ ތެރޭގައި ތައިލެންޑް، އިންޑޮނޭޝިއާ، ދިވެހިރާއްޖެ އަދި ސްރީލަންކާ ފަދަ އޭޝިއާގެ މަންޒިލްތައް ހިމެނެ އެވެ. އަދި އެފްރިކާގެ 21 ގައުމެއްގައި އިންޑިއާގެ ރައްޔިތުންނަށް ވިސާ އޮން އެރައިވަލްގެ ހިދުމަތް ވެސް ދެ އެވެ. އެކަމަކު ޔޫރަޕް ބައްރުން އިންޑިއާއަށް އޮންއެރައިވަލް ވިސާގެ ޚިދުމަތްދެނީ އެންމެ ދެ ގައުމަކުންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...