އެމެރިކާގެ ލޯވާ ސްޓޭޓްގެ ޕާކެއްގައި ހުކުރު ދުވަހު މައިންބަފައިންނާއި އެމީހުންގެ 6 އަހަރުގެ އަންހެން ދަރިފުޅުގެ ގަޔަށް ބަޑިޖަހައި މަރާލާފައިވާއިރު، އެ ދެމަފިރިންގެ 9 އަހަރުގެ ދަރިފުޅު މި ހަމަލާއިން ސަލާމަތްވެފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.
ބަޑީގެ ހަމަލާދިން ކަމަށް ތުހުމަތު ކުރެވޭ މީހާ ވެސް ޕާކް ތެރެއިން މަރުވެފައި އޮއްވާ ފެނިފައިވާ ކަމަށް ކަމާބެހޭ އިދާރާތަކުން ބުނެ އެވެ.
ޖެކްސަން ކައުންޓީގެ މަކިއޯކެޓާ ހޮހަޅަސް ސްޓޭޓް ޕާކްގައި ހުކުރު ދުވަހުގެ ހެނދުނު 6:30 ހާއިރު ހިނގި މި ތިންމަރުގެ ހާދިސާގައި އަނިޔާވި މީހުންނާއި ތުހުމަތު ކުރެވޭ މީހުންނާ ދެމެދު އޮތް ގުޅުން ދެނެގަތުމަށް ތަހުގީގު ކުރާ ފަރާތްތަކުން އަދިވެސް ދަނީ މަސައްކަތް ކުރަމުންނެވެ.
ރެސްޕޮންޑިން އޮފިސަރުންނަށް ވަނީ އެ ތިން މީހުންގެ ހަށިގަނޑު އެމީހުންގެ ކޭމްޕްސައިޓްގައި އޮއްވާ ފެނިފަ އެވެ. އެމީހުން އެ ސަރަހައްދު ން ބޭރަށް ނެރެ، އެ ސަރަހައްދު ހުސްކުރިއިރު، އޮފިސަރުންނަށް އެނގިފައިވާ ގޮތުގައި ޕާކުގައި ރަޖިސްޓްރީކޮށްފައިވާ ކެމްޕަހަކު ހުރި އިރު، އޭނާ ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށް ކަމާބެހޭ އިދާރާތަކުން ބުނެ އެވެ.
“އެމީހުން ފާހަގަކުރި ގޮތުގައި ހަތިޔާރު އެޅި ކަމަށް ބެލެވޭ އެއް ކެމްޕަރެއް ހުރިކަން ފާހަގަކުރެވުނު،” “އެ މީހާ ހޯދަން އެ ސަރަހައްދު ބަލާ ފާސްކުރި އިރު، އޭގެ ފަހުން ހެނދުނު 11:00 ހާއިރު އަޅުގަނޑުމެންނަށް ފެނުނީ ޕާކު ތެރޭގައި މަރުވެފައި އޮތް މީހަކު.” އިލިނޮއިސްގެ މޮލައިންގައި ހުންނަ އޭބީސީ އެފިލިއޭޓް ޑަބްލިއުކިއުއޭޑީ އަށް ކްރިމިނަލް އިންވެސްޓިގޭޝަންސްޕެޝަލް އެޖެންޓް މައިކް ކްރަޕްފްލް ގެ އަޔޯވާ ޑިވިޝަން އިން ބުންޏެވެ.
މިމައްސަލަ ދަނީ އަޔޯވާގެ ފުލުހުން ތަހްޤީޤު ކުރަމުންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...