ޚަބަރު ވަކި ބައެއްގެ ފަލްސަފާއަކީ އިސްލާމްދީނުގެ ޙުކުމެއްކަމަށް ބަލައިގަންނަން ދަތި: ނަޝީދު

ވަކި ބައެއްގެ ފަލްސަފާއަކީ އިސްލާމްދީނުގެ ޙުކުމެއްކަމަށް ބަލައިގަންނަން ދަތި: ނަޝީދު

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް


ޔޯގާއަކީ ޝިރުކެއްކަން ދަންނަ ބޭކަލުންގެ އިޖުމާޢުގައެއް ނެތްކަމަށާއި، ވަކި ބައެއްގެ ފަލްސަފާއަކީ އިސްލާމްދީނުގެ ޙުކުމެއްކަމަށް ބަލައިގަންނަން ދަތިކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޔޯގާއަކީ ޝިރުކެއްކަން ދަންނަ ބޭކަލުންގެ އިޖުމާއުގައެއް ނެތް ކަމަށެވެ. އަދި ވަކި ބައެއްގެ ފަލްސަފާއަކީ އިސްލާމްދީނުގެ ޙުކުމެއްކަމަށް ބަލައިގަންނަން ދަތި ކަމަށެވެ.

ނަޝީދު މިހެން ވިދާޅުވެފައި މިވަނީ މިދިޔަ ޖޫން މަހުގެ 21 ވަނަ ދުވަހު ބައިނަލްއަޤްވާމޯ ޔޯގާ ދުވަސް ފާހަގަކުރަން ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތާ ދެކޮޅަށް އަދިވެސް ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާތީ ދީނީ ގޮތުން މިފަދަ ކަންކަން އޮންނަ ގޮތާއި އޭގެ ޢިލްމީ ތަފްސީލުތަކުގެ އަލީގައި ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ ފަރާތުން “އިސްލާމީ ފިޤުހުވެރިންގެ މީޒާނުގައި ޔޯގާ ” ގެ ނަމުގައި ކަރުދާހެއް އެކުލަވައިލައި ޢާންމުކޮށްފައިވަނިކޮށެވެ.

އެ ކަރުދާހުގައި ޔޯގާގެ މަފްހޫމާއި، ޔޯގާގެ ލުޣަވީ އަދި އިސްތިލާހީ މާނައާއި، މި ޒަމާނުގެ ޔޯގާގެ މަފްހޫމާއި، ހުޅަނގުގެ ޤައުމުތަކުގެ މަފްހޫމާއި ޔޯގާގެ ޢާލަމީ މާނައާއި ޔޯގާގެ ފަލްސަފީ މަގުސަދު ހިމަނާފައިވެއެވެ. އަދި ޔޯގާގެ ބައެއް ޙަޤީޤަތްތަކާއި ޔޯގާގެ އުންސުރުތަކާއި، އިސްލާމީ ފިޤުހުވެރިންގެ މީޒާނުގައި ޔޯގާ ގެ ނަމުގައި އެކުލަވާލައިފައިވާ ބައިތައް ވެސް ހިމެނެއެވެ.

ކަރުދާހުގައި ވާ ގޮތުން ޔޯގާގެ ހަރަކާތްތަކާއި ޢަމަލުތަކުގެ އަސްލަކީ ހިންދޫ ދީނުގެ ކަމެއްކަން ސާފުވެ ބަޔާންވެއެވެ.

ޓެގް

ޔޯގާ ރައީސް ނަޝީދު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.