ރާއްޖެއަށް ކުރަމުން މިދާ ވިއްސާރަ އަދިވެސް މައިތިރިވާގޮތް ނުވުމާއެކު ކުރިއަށް ގަޑިތަކުގައި ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ވަރަށް ގޯސްވާނެކަމަށް ލަފާކުރާ ކަމަށް މޫސުމާ ބެހޭ އިދާރާއިން ބުނެފިއެވެ.
މެޓް އޮފީހުންވަނީ ރާއްޖޭގެ ބޮޑު ބަޔަކަށް ކަނޑާއި ވައި ގަދަވާނެ ކަމަށް ލަފާކޮށް ދަތުރު ފަތުރު ކުރުމުގައި ސަލަމާލުވުމަށްވެސް އެދިފައެވެ.
ވައި ގަދަވާނެ ކަމަށް ލަފާކޮށްފައިވަނީ ހއ. އަތޮޅުން ފެށިގެން އދ. އަތޮޅާއި ހަމައަށެވެ. ވަގުތަކީ ހެނދުނު 12:30 ން ހަވީރު 4:30 އެވެ.
އެވަގުތަކުގައި އާންމުގޮތެއްގައި އެ ސަރަހައްދަށް ވައި ޖެހޭނެ ކަމަށް ލަފާ ކުރަނީ25 މޭލާއި30 މޭލާއި ދެމެދުގެ ބާރު މިނުގައި އެވެ. ވިލާގަނޑުގައި45 މޭލަށް ވައި ގަދަވާނެ އެވެ.

ކަނޑުތައްވެސް ވަރަށް ގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާ ކުރެ އެވެ.
ރާޅުގެ އުސްމިނުގައި4 ފޫޓާއި ހަތް ފޫޓު ހުންނާނެ ކަމަށް މައުލޫމާތުދެ އެވެ.
މެޓް އޮފީހުން ވަނީ މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...