ބޭރުދުނިޔެ 2029 ވަނަ އަހަރު އޭޝިއަން ވިންޓާ ގޭމްސް ބާއްވަން ސައުދީ އަރަބިއްޔާއިން ރަސްމީކޮށް ބިޑް ހުށަހަޅައިފި

2029 ވަނަ އަހަރު އޭޝިއަން ވިންޓާ ގޭމްސް ބާއްވަން ސައުދީ އަރަބިއްޔާއިން ރަސްމީކޮށް ބިޑް ހުށަހަޅައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ރިޔާދު – 2029 ވަނަ އަހަރުގެ އޭޝިއަން ވިންޓާ ގޭމްސް އެންއީއޯއެމްގެ ޓްރޮޖެނާގައި ބާއްވަން ސައުދީ އަރަބިއްޔާއިން ރަސްމީކޮށް ބިޑް ހުށަހަޅާފައިވާ ކަމަށް ސައުދީ ޕްރެސް އެޖެންސީން ބުނެފި އެވެ.

އޮލިމްޕިކް ކައުންސިލް އޮފް އޭޝިއާއަށް ޝައުގުވެރިކަން ފާޅުކުރި 32 އަށް ވުރެ ގިނަ ގައުމު ބައިވެރިވާނެ ކަމަށް ބެލެވޭ އޭޝިއާގެ އެންމެ މުހިންމު އެއް ކުޅިވަރު އިވެންޓް ޓްރޮޖެނާ ގައި ބޭއްވުމަށް އެހީތެރިވެދޭ ސައުދީ ވިޝަން 2030 ގެ ބްރީފް އެއް ހިމެނެ އެވެ.

އެންއީއޯއެމްގެ ފަރުބަދަމަތީ މަންޒިލެއް ކަމަށްވާ ޓްރޮޖެނާ 2026 ވަނަ އަހަރު ނިންމުމަށް ހަމަޖެހިފައިވާއިރު، މުޅި އަހަރު ދުވަހު އައުޓްޑޯ ސްކީ އާއި އެޑްވެންޗާ ސްޕޯޓްސް ވެސް ކުރިއަށް ގެންދާނެ އެވެ.

ކިންގްޑަމްގެ ބިޑް ކާމިޔާބު ވެއްޖެ ނަމަ މިއީ ހުޅަނގު އޭޝިއާގެ ގައުމަކުން މި ގޭމްތައް ބާއްވާ ފުރަތަމަ ފަހަރެވެ.

ސައުދީ އޮލިމްޕިކް އެންޑް ޕެރަލިމްޕިކް ކޮމިޓީގެ ރައީސް ޕްރިންސް އަބްދުލްއަޒީޒް ބިން ތުރުކީ އަލް ފައިސަލް ވިދާޅުވީ “އަޅުގަނޑުމެންގެ ޙިކުމަތްތެރި ލީޑަރޝިޕުން ލިބުނު ދީލަތި، ކުރިން ނުފެންނަ، އަދި ތަޞައްވުރު ބޮޑު ތާއީދުގެ ސަބަބުން އެންމެ ފޯރިގަދަ ކުޅިވަރު އިވެންޓްތައް ސައުދީ އަރަބިއްޔާއަށް ގެނެވިއްޖެ” ކަމަށެވެ.

“އޭޑަބްލިއުޖީ ހޯސްޓް ކުރުމަށް ކުރި ބިޑަކީ ކިންގްޑަމް އަށް ލިބިފައިވާ ޖިއޮގްރަފިކަލް، އެންވަޔަރަންމަންޓަލް ޑައިވަރސިޓީ އަދި ގުދުރަތީ މުއްސަނދިކަން ކަށަވަރުކޮށްދޭ އަދި އަޅުގަނޑުމެންގެ ފުޅާ އޭޝިއަން އޮލިމްޕިކް އާއިލާއާ ހިއްސާ ކުރަން ތައްޔާރަށް އޮތް ބިޑް. އަޅުގަނޑުމެން ވަރަށް ފޯރިގަދަ 2029 ވަނަ އަހަރު ވިންޓަރ ސްޕޯޓްސް އަށް ލޯބިކުރާ ހުރިހާ ފަރާތްތަކަށް މަރުހަބާ ކިޔުމަށް، ޓްރޮޖެނާގައި ލާމަސީލު ތަޖުރިބާއެއް ފާހަގަކުރުމުގެ މަގުސަދުގައި،” އޭނާ ބުންޏެވެ.

ކައުންސިލްގެ އާންމު ޖަލްސާ ބޭއްވުމުގެ ކުރިން އޯސީއޭގެ އެގްޒެކެޓިވް އޮފީހުގެ ބައްދަލުވުން އޮކްޓޯބަރު މަހު ކެމްބޯޑިއާގައި އޮންނާނެ އެވެ. އޭޑަބްލިއުޖީ ހޯސްޓް ކުރުމުގެ ހައްގުތަކާ ގުޅޭ ގޮތުން އެސެމްބްލީން ނިންމުންތައް ނިންމާނެ އެވެ.

ޓެގް

އެޝިއަންވިންޓަރ ގޭމްސް ސައޫދީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.