ޚަބަރު 200 ޑޮލަރަށްވުރެ މަތިން މުދާގެނަޔަސް މިހާރު ޝެއިން އިން ޝިޕިން ފްރީ ނުވާނެ!

200 ޑޮލަރަށްވުރެ މަތިން މުދާގެނަޔަސް މިހާރު ޝެއިން އިން ޝިޕިން ފްރީ ނުވާނެ!

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ދިވެހިން މިހާރު އެންމެ ގިނައިން އޮންލައިންކޮށް ވިޔަފާރި ކުރަމުން އަންނަ ޝެއިން އިން 200 ޑޮލަރަށްވުރެ މަތިން މުދާގެނަޔަސް މީގެ ފަހުން ޝެއިން އިން ޝިޕިން ފްރީ ނުވާގޮތަށް ބޮޑު ޢަދަދެއްގެ ޝިޕިން ފީއެއް ނަގާގޮތަށް ހަދައިފިއެވެ.

“ޝެއިން” އިން ރާއްޖެއަށް މުދާ ގެންނައިރު ކުރިން އޮންނަނީ 200 ޑޮލަރަށް ވުރެ ގިނައިން ގަންނަ ނަމަ، ހިލޭ ޝިޕްކޮށްދޭ ގޮތަށެވެ.

އެކަމަކު މިހާރު ރާއްޖެއަށް ގެންނަ މުދަލުން ޝިޕިން ފީއެއް ނަގާނެ އެވެ.

ޝެޢިންގެ ވެބްސައިޓުން ދައްކާ ގޮތުގައި އެންމެ އައިޓަމެއް ޝިޕްކުރުމަށް ވެސް މިހާރު 30 ޑޮލަރު ނަގާނެ އެވެ. އަދި އިތުރަށް ގެންނަ ކޮންމެ އެއްޗަކުން ފަސް ޑޮލަރުގެ ރޭޓުން ޗާޖުކުރާނެ އެވެ.

ކުރިން 200 ޑޮލަރަށް ވުރެ މައްޗަށް ވިޔަފާރިކުރުމުން ފްރީ ޝިޕިން ލިބުނަސް އެ އަދަދު ހަމަ ނުވާ ނަމަ އައީ އައިޓަމަކަށް 24 ޑޮލަަރުގެ ރޭޓުން ޝިޕިން ފީ ނަގަމުންނެވެ.

ޝިޕިން ފީއެއް ނަގަން ފެށި ސަބަބެއް ނޭނގެ އެވެ. އެކަމަކު ދުނިޔޭގެ ބާޒާރުގައި ވެސް ތަކެތީގެ އަގު އުފުލި، މުދާ އެތެރެކުރުމަށް ވެސް ބޮޑެތި ފީތަކެއް ދަނީ ނަގަމުންނެވެ.

ޗައިނާގެ ޝެއިން އިން ވިޔަފާރިކުރުން ދިވެހިންގެ މެދުގައި އިތުރުވީ ކޮވިޑުގެ ބަލިމަޑުކަމުގެ ތެރޭގަ އެވެ. އަންނައުނާއި ރީތިވާ ސާމާނުން ފެށިގެން ބަދިގޭގައި ބޭނުންކުރާ އެކި ކަހަލަ ސާމާނުތައް ވެސް ޝެއިން އިން ލިބޭއިރު ގާތްގަނޑަކަށް 10 ވަރަކަށް ދުވަހުގެ ތެރޭގައި، އޯޑަރުކުރާ ސާމާނު ރާއްޖެއަށް ލިބެ އެވެ.

ޓެގް

ޝެއިން އޮންލައިންވިޔަފާރި އެންމެއަގުބޮޑު ކުންފުނި

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.