ޚަބަރު މޫސުމީ ނުރައްކާތަކުން އިޤުތިޞާދު ސަލާމަތްކުރަން "ގްރީން ފައިނޭންސް" ކޮންމެހެން ބޭނުންވޭ: ވަޒީރު ޒަރީރު

މޫސުމީ ނުރައްކާތަކުން އިޤުތިޞާދު ސަލާމަތްކުރަން "ގްރީން ފައިނޭންސް" ކޮންމެހެން ބޭނުންވޭ: ވަޒީރު ޒަރީރު

މޫސުމީ ނުރައްކާތަކުން އިޤުތިޞާދު ސަލާމަތްކުރަން "ގްރީން ފައިނޭންސް" ކޮންމެހެން ބޭނުންވޭ: ވަޒީރު ޒަރީރު

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މޫސުމަށް އަންނަ ކޮންމެ ބަދަލަކީ ރާއްޖޭގެ އިޤުތިޞާދަށް ސީދާ ގޮތެއްގައި އޮތް ބޮޑު ނުރައްކަލެއް ކަމަށާއި، މިފަދަ ގޮންޖެހުންތަކުން އަރައިގަތުމަށް "ގްރީން ފައިނޭންސިންގ" ފުރުޞަތުތައް ފަހިކުރުމަކީ މާލީ ގޮތުން ކޮންމެހެން އަޅަންޖެހޭ ފިޔަވަޅެއް ކަމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން އިންތިޒާމުކޮށްގެން ބޭއްވި މި އަހަރުގެ މޯލްޑިވްސް ފައިނޭންސް ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ރާއްޖޭގެ މައި ދެ ސިނާއަތް ކަމަށްވާ މަސްވެރިކަމާއި ފަތުރުވެރިކަން އަދި ރަށްތަކުގެ ހިމާޔަތް ގުޅިފައިވަނީ ގުދުރަތީ ވެއްޓާ ކަމަށެވެ. އެހެންކަމުން ތިމާވެށި ރައްކާތެރިކުރުމަކީ ހަމައެކަނި ތިމާވެށީގެ ކަމެއް ނޫން ކަމަށާއި، އެއީ ޤައުމުގެ މާލީ އަދި އިޤުތިޞާދީ ދެމެހެއްޓެނިވިކަމަށް މަޖުބޫރު ކަމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކޮޕް-31 ގައި އިސްކަންދެއްވި މައިގަނޑު ސިޔާސަތުތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، ކުދި ޖަޒީރާ ޤައުމުތަކަށް ބޭނުންވަނީ ފަސޭހައިން ލިބޭނެ ހިލޭ އެހީގެ މާލީ ނިޒާމެއް ކަމަށެވެ. އަދި އަންނަން އޮތް ޖީލުތައް ދަރަނީގެ ދަންތުރައިގައި ނުޖެހި، ރައީސްގެ "ވިޝަން 2040" ގެ އަމާޒަށް ވާސިލުވެވޭނީ މޫސުމީ މާލީ ނުރައްކާތައް ހަރުދަނާކަމާއެކު މެނޭޖުކުރެވިގެން ކަމަށްވެސް ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އިއާދަކުރަނިވި ހަކަތައާއި، ފެނުގެ ރައްކާތެރިކަމާއި، ގޮނޑުދޮށް ހިމާޔަތްކުރުމަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ބޭނުންވެއެވެ. މިކަން ސަރުކާރުގެ ވަސީލަތްތަކުން އެކަނި ނުވާނެތީ، ބޭރުގެ މާލީ އެހީތެރިކަމާއި އަމިއްލަ ވިޔަފާރިތަކުގެ ބައިވެރިވުން ހޯދަންޖެހެއެވެ. އެހެންކަމުން ބޭންކުތަކުން ތިމާވެއްޓާ ރައްޓެހި އައު މާލީ ޕްރޮޑަކްޓްތައް ތަޢާރަފުކުރުމަށާއި، ބޭރުން ތެޔޮ އެތެރެކުރާ މިންވަރު ކުޑަކޮށް މާލީ ރައްކާތެރިކަން ކަށަވަރުކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމަށް ވަޒީރު ގޮވާލެއްވިއެވެ.

ޓެގް

މާލީއިދާރާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.