ޓެކްނޮލޮޖީ އެޕަލްގެ ޕްރޮޑަކްޓްތައް ޗައިނާނޫން އެހެން ޤައުމުތަކުގައި އުފައްދަން މަސައްކަތްކުރަނީ

އެޕަލްގެ ޕްރޮޑަކްޓްތައް ޗައިނާނޫން އެހެން ޤައުމުތަކުގައި އުފައްދަން މަސައްކަތްކުރަނީ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

އެޕަލްގެ ޕްރޮޑަކްޓްތަކުގެ 90 އިންސައްތަ ސީދާ ޗައިނާގެ ފެކްޓްރީތަކުގައި މިހާރުވެސް އުފައްދަމުންދާ އެޕަލް ކުންފުނިން އެކުންފުނީގެ އުފެއްދުންތައް ޗައިނާއިން ބޭރުގައި ނުވަތަ ޗައިނާނޫން އެހެން ޤައުމުތަކުގައި އުފައްދަން މަސައްކަތް ފަށައިފިއެވެ.

ޖަޕާނުގެ ނިކްޔީ ނިއުސް އޭޖެންސީން ބުދަ ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި ޗައިނާނޫން އެހެން ޤައުމުތަކުގައި އެޕްލްގެ ޕްރޮޑަކްޝަން ޑައިވަރސިފައި ކުރަން މަސައްކަތް ކުރަމުންދާއިރު، ވިއެޓްނާމްގައި އެޕަލް ވޮޗް އަދި މެކްބުކްސް އުފެއްދުމަށް އެޕަލް އިން ދަނީ މަޝްވަރާ ކުރަމުންނެވެ.

އެ ކުންފުނީގެ ޗައިނާގެ ސަޕްލަޔަރުން ކަމަށްވާ ލަކްސްޝެއާ ޕްރިސިޝަން އިންޑަސްޓްރީ އާއި ޓައިވާންގައި ހުންނަ އައިފޯން އެސެމްބްލްކުރާ ފޮކްސްކޯން އިން މިހާރުވެސް ވަނީ އުތުރު ވިއެޓްނާމްގައި މި ދެ ޕްރޮޑަކްޓް ޓެސްޓް ކުރުމުގެ މަސައްކަތް ފަށާފައި ކަމަށް އެ އެޖެންސީއަށް ބުންޏެވެ.

މިއީ ވިއެޓްނާމްގައި އެޕަލް ވޮޗްސް އާއި މެކްބުކްސް އެސެމްބްލް ކުރާ ފުރަތަމަ ފަހަރަށް ވާނެ އެވެ.

ޗައިނާގެ އެންމެ ބޮޑު ސިޓީ ޝަންހާއީގައި މިއަހަރުގެ ކޮވިޑް-19 ގެ ލޮކްޑައުންއަށް ފަހު އެޕަލް އިން ވިއެޓްނާމަށް ކޮންމެވެސް ވަރެއްގެ ޕްރޮޑަކްޝަނެއް ބަދަލުކުރީ ސަޕްލައި ޗެއިންއަށް ބުރޫ އެރުމާ ގުޅިގެން ކަމަށް އެ ކުންފުނިން ވަނީބުނެފަ އެވެ. އަދި އެޕަލްގެ ހޯމްޕޮޑް ސްމާޓް ސްޕީކަރުތަކަށް ޓެސްޓް ލައިންތަކެއް ހަމަޖެއްސުމުގެ މަޝްވަރާތައް ވެސް ކުރިއަށް ގެންގޮސްފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

ނަމަވެސް މެކްބުކް ޕްރޮޑަކްޝަން ވިއެޓްނާމަށް ގެންދިއުމުގައި ކުރިއެރުން ތައް ހީކުރި ވަރަށް ވުރެ މަޑުޖެހިފައި ވަނީ ބަލިމަޑުކަމުގެ ސަބަބުން ދިމާވި ކޮމްޕްލިކޭޝަންތަކާއި ކޮމްޕިއުޓަރުތައް އުފެއްދުމުގައި ހަރަކާތްތެރިވާ ސަޕްލައި ޗެއިން އަށް ވުރެ ބޮޑު ސަޕްލައި ޗެއިންއެއް އޮތުމުން ކަމަށް އެ އިދާރާތަކުން ބުނެ އެވެ.

“އެއާޕޮޕޮ އައިފޯން އުފެއްދުމުގެ އިތުރުން ވިއެޓްނާމްގައި އެޕަލްގެ ބޮޑެތި ޕްލޭންތަކެއް އެބަހުރި،” އެޖެންސީއެއްގެ މަސްދަރަކުން ބުންޏެވެ. “މެކްބުކްސްގެ ކޮމްޕޯނަންޓްތައް ކުރިއާ ޚިލާފަށް މޮޑިއުލަރައިޒް ވެގެން ހިނގައްޖެ، އޭގެ ސަބަބުން ޗައިނާއިން ބޭރުގައި ލެޕްޓޮޕް އުފެއްދުމަށް ފަސޭހަވެގެންދޭ. އެކަމަކު ހަރަދު ކުޑަ ވާދަވެރި އަކަށް ހަދާނީ ކިހިނެތްތޯ އެއީ އިތުރު ގޮންޖެހުމެއް.”

ޗައިނާގެ އުފެއްދުންތެރިކަމަށް އެތައް ޒަމާނެއް ވަންދެން ބަރޯސާވެފައިވާ އެޕަލް އިން ޑައިވާސިފައި ކުރަން ފަށާފައި މިވަނީ އޭރުގެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބެއިޖިންއާ ދެކޮޅަށް ވިޔަފާރީގެ ހަނގުރާމައެއް ފެއްޓެވި ފަހުންނެވެ. ވިއެޓްނާމްއިން އުފެއްދި ފުރަތަމަ އެއާޕޮޑްސް ނުކުތީ 2020 ވަނަ އަހަރުއެވެ.

އެޕަލްއިން މިފިޔަވަޅު އަޅާފައިމިވަނީ ، ބެއިޖިންއިން އެގައުމުގެ ބިމުގެ ބައެއް ކަމަށް ދެކޭ ޓައިވާންއަށް ޔޫއެސް ހައުސްގެ ސްޕީކަރ ނެންސީ ޕެލޯސީ ކުރެއްވި ދަތުރުފުޅާ ގުޅިގެން އެމެރިކާއާއި ޗައިނާއާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ.

ވިއެޓްނާމްގެ އިތުރުން މެކްސިކޯ އާއި އިންޑިއާ ފަދަ ގައުމުތަކުން އައިފޯން 13 އުފެއްދުމުގެ މަސައްކަތް މި އަހަރު ލޯންޗުކުރި އިރު، ޗައިނާ އިން ބޭރުގައި އެޕަލް އަށް މުހިންމު ޕްރޮޑަކްޝަން ހަބްތަކަކަށް ވަނީ ވެފަ އެވެ.

ޓެގް

އެޕަލް ޗައިނާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.