ޚަބަރު މީޑިއާ ނެޓްގެ އޮފީހަށް ބަޔަކު ވަދެ މީހަކު ޒަހަމްކޮށްލައިފި

މީޑިއާ ނެޓްގެ އޮފީހަށް ބަޔަކު ވަދެ މީހަކު ޒަހަމްކޮށްލައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މީޑިއާ ނެޓްގެ އޮފީހަށް ބަޔަކު ވަދެ މާރާމާރީ ހިންގާ މީހަކު ޒަހަމްކޮށްލައިފި އެވެ.

ފުލުހުން ބުނީ މިއަދު ހަވީރު 5:40 އެހާންކަންހާއިރު މާލޭގެ އޯކިޑް މަގުގައި ހުންނަ މީޑީއާ ނެޓްގެ މައި އޮފީހަށް ބަޔަކު ވަދެގަނެ މާމާރީ ހިނގައި މީހަކު ޒަހަމް ކޮށްލާފައިވާ ކަމަށާއި އެމީހާ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން އަންނަ ކަމަށެވެ.

އެނގިފައިވާ ގޮތުގައި އެ އޮފީހަށް ވަދެގެންފައި ވަނީ ދަގަނޑުބުރިތަކާއި ރޮޑާއި މަރުތެޔޮ ފާޑުގެ މީހުންނަށް ހަމަލާ ދެވިދާނެ ހަތިޔާރާއި އާލާތް ހިފައިގެން ތިބަ ބައެކެވެ.

މި ހާދިސާގެ އިތުރު ތަފުސީލެއް އަދި ނުލިބެއެވެ. ނަމަވެސް ފުލުހުން ގެންދަނީ މި މާރާމާރީގެ މައްސަލަ ބަލަމުންނެވެ.

މާލެއާއި އަތޮޅު ތެރޭގައި މިފަދަ މާރާމާރީތައް އަންނަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ.

ވަރަށް ފަހުންވެސް ވަނީ ސޯސަންމަގު އޭޑީކޭ ސަރަޙައްދުގައި މާރާމާރީ ހިންގައި ދެމީހަކު ޒަޚަމް ކޮށްލައިފައެވެ.

ޓެގް

މީޑިއާނެޓް މާރާމާރީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.