ޚަބަރު ރައީސް އޮފީހުގެ ތަރުޖަމާންގެ މަގާމަށް މިއުވާން މުހައްމަދު ހަމަޖައްސަވައިފި

ރައީސް އޮފީހުގެ ތަރުޖަމާންގެ މަގާމަށް މިއުވާން މުހައްމަދު ހަމަޖައްސަވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް


ރައީސް އޮފީހުގެ ތަރުޖަމާންގެ މަގާމަށް މިއުވާން މުހައްމަދު ހަމަޖައްސަވައިފިއެވެ.

އެ މަގާމަށް މިއުވާން މުހައްމަދު ހަމަޖައްސެވީ ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް އިސްތިއުފާ ދެއްވުމުންނެވެ.

މިއުވާން މީގެ ކުރިން ހުންނެވީ ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރަކަށެވެ. ރައީސް އޮފީހުގެ ސްޕޯކްސްޕަރސަންގެ މަޤާމުން މުޙައްމަދު މަބްރޫކް ޢަޒީޒު އިސްތިއުފާ ދެއްވުމާއި ގުޅިގެން އެއޮފީހުން ބުނެފައިވަނީ އޭނާ އެ އޮފީހާއި ސަރުކާރަށް އޭނާ ކޮށްދެއްވާފައި ވަނީ ވަރަށް އިޚުލާސްތެރި، އަދި އަގުހުރި ޚިދުމަތްތަކެއް ކަމަށެވެ. އަދި، އޭނާ ކޮށްދެއްވާފައިވާ ތަޢުރީފު ހައްޤު މަސައްކަތްތަކަށް ޝުކުރު ދަންނަވާކަމަށެވެ.

ކޯވިޑް-19ގައި ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދެއްވުމުގައި މުހިއްމު ދައުރެއް އަދާކުރެއްވުމަށް ފަހު ސްޕޯކްސްޕާސަންގެ މަގާމާ ހަވާލުވެވަޑައިގަތް މަބްރޫކް އިސްތިއުފާ ހުށަހެޅުއްވީ އިއްޔެ އެވެ. އޭނާގެ އިސްތިއުފާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވަނީ ގަބޫލުކުރައްވައިފައެވެ.

މިއުވާންއަކީ މީޑިއާގައިވެސް މަސައްކަތް ކުރައްވާފައިވާ، އަދި މީޑިއާތަކައި ގާތް ގުޅުމެއް ބާއްވާ ބޭފުޅެކެވެ.

ޓެގް

ތަރުޖަމާން ރައީސްއޮފީސް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.