ޚަބަރު އަލަމްގީރްގެ ބަޔާން ލީކްވި ގޮތެއް ބަލާނެކަމަށް ކޮމިޝަނަރ ވިދާޅުވެއްޖެ

އަލަމްގީރްގެ ބަޔާން ލީކްވި ގޮތެއް ބަލާނެކަމަށް ކޮމިޝަނަރ ވިދާޅުވެއްޖެ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް


ދިވެހިންގެ ތެރެއިން އެތައް ސަތޭކަ ބަޔަކާއެކު އެއްޖިންސުން ގުޅުން ހިންގައި ވީޑިއޯ ނެގި މައްސަލައިގައި ހައްޔަރުކޮށްފައިވާ ބަންގްލަދޭޝްގެ އެމްޑީ އަލަމްގިރް ފުލުހުންގެ ތަހުގީގަށް ދީފައިވާ ބަޔާން ލީކުވި މައްސަލަ ފުލުހުން ތަހުގީގު ކުރާނެ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު “ވަން” އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މިހައިތަނަށް ވެސް މި ބަޔާން އޮތީ ފުލުހުންގެ ތެރޭގައި ކަމަށާއި އެހެން ނަމަވެސް ލީކުވެފައި ނުވާ ކަމަށެވެ. ހޯމަ ދުވަހަށް ކޯޓުގައި މައްސަލަ އެޖެންޑާ ކޮށްފައި ވަނިކޮށް މިކަން ބަޔާން ލީކްވުމަކީ ކަންބޮޑުވެވަޑައިގަންނަވާ ފުލުހުންގެ އިތުރުން އިތުރު ތިން ފަރާތެއްގެ އަތުގައި ވެސް ބަޔާން އޮންނާނެ ކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.

“ފުލުހުން މި މައްސަލަ ބަލާނެ. ފުލުހުންގެ ބޭރުންވެސް އިތުރު ތިން ފަރާތެއްގައި މިހާރު މި ބަޔާން އޮންނާނެ. އެހެންވީމަ މިކަން ވެގެން މި އުޅެނީ ކޮން ދިމާއަކުން ކަމެއް ނޭނގެ. މިއޮތް ހުރިހާ ދުވަހުވެސް ބަޔާން އޮތީ ފުލުހުން އަތުގައި.” ސީޕީ ވިދާޅުވި އެވެ.

ސީޕީ އިތުރަށް ވިދާޅުވީ ފުލުހުންގެ އިތުރުން އަލަމްގިރުގެ ބަޔާން މިހާރު އޮންނާނީ ކްރިމިނަލް ކޯޓާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއި އަލަމްގިރްގެ ދިފާއީ ވަކީލުގެ އަތުގައި ކަމަށެވެ.

އަލަމްގިރުގެ ބަޔާނުގައި އޭނާ ބުނެފައިވާ ގޮތުގައި އޭނާ ވަނީ 45 އާއި 50 އާއި ދެމެދުގެ އަދަދެއްގެ މީހުންނާއި އެއްޖިންސިން ގުޅުން ހިންގި މައްސަލަ ވީޑިއޯ ކޮށްފައެވެ.

ނަމަވެސް ފުލުހުންގެ ބަޔާނުގައި ފާހަގަ ކޮށްފައި ވަނީ އެންމެ ތިން މީހުންގެ ނަމެވެ. އެއީ ގާނޫނީ ވަކީލް ނާޒިމް އަބްދުއްސައްތާރުގެ އިތުރުން ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) އާއި ފުލުހެއް ކަމަށްވާ އަބްދުލްރަހްމާން ރަފީއުގެ ނަމެވެ. އިތުރު އެތައް ބަޔަކު މިމައްސަލައިގައި ހިމެނޭއިރު އެއިން އެއްވެސް މީހެއްގެ ނަން ބަޔާނުގައި ނެތީ ކީއްވެ ކަމެއް ފުލުހުން ނުބުނެއެވެ.

ބަޔާން ލީކްވުމާއިއެކު ފުލުހުން މަސައްކަތް ކުރަނީ ބަޔަކު މިމައްސަލަ އިން ސަލާމަތް ކުރުމަށް ކަމަށް ބުނެވެސް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.

ޓެގް

ލިވާޠު އަލަމްގިރި ޕޮލިސް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.