ބޭރުދުނިޔެ ޕާކިސްތާނުގައި ފެންބޮޑުވެފައިވާ ސަރަހައްދުތަކުގައި ކަންބޮޑުވާ މިންވަރަށް ޑެންގޫ ފެތުރެނީ

ޕާކިސްތާނުގައި ފެންބޮޑުވެފައިވާ ސަރަހައްދުތަކުގައި ކަންބޮޑުވާ މިންވަރަށް ޑެންގޫ ފެތުރެނީ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ޕާކިސްތާނުގައި ފެންބޮޑުވެފައިވާ ސަރަހައްދުތަކުގައި ޑެންގޫ އާއި ފެނުން ޖެހޭ އެހެން ބަލިތަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.

ޚާއްސަކޮށް އެގައުމުގެ ދެކުނުގައި ޑެންގޫ އާއި ފެނުން ޖެހޭ އެހެނިހެން ބަލިތައް ފެތުރޭތީ ޕާކިސްތާނަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފަ އެވެ.

ތާރީހީ މޫސުމީ ވިއްސާރައިގެ ސަބަބުން އުތުރުގެ ހިސާބުތަކުގައި ފަސްގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން ގްލޭޝިއާތައް ގިރާލުމުން މަދުވެގެން 1،314 މީހުން މަރުވެ 35 މިލިއަނަށް ވުރެ ގިނަ މީހުންނަށް އަސަރުކޮށްފައިވާ ކަމަށް ނޭޝަނަލް ފްލަޑް ރެސްޕޮންސް ކޯޑިނޭޝަން ސެންޓަރު (އެންއެފްއާރުސީސީ) އިން ހިއްސާކުރި އެވެ.

ޕާކިސްތާނުގެ ތިންބައިކުޅަ އެއްބައި އަޑިއަށް ގޮސްފައިވާއިރު، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ގިނަ ބަޔަކު ބުނާގޮތުގައި ކުރިއަށް އޮތް ދެތިން ދުވަސްވެސް އަދިވެސް އެގޮތުގައި ދެމިއޮންނާނެ ކަމަށް ބެލެވެ އެވެ.

ދެކުނު ސިންދު ޕްރޮވިންސްގައި 219 ކުޑަކުދިން ހިމެނޭ ގޮތަށް 511 މީހުންގެ ފުރާނަ ގެއްލިފައިވާއިރު، މުޅި ގައުމުގައި އެތައް ހާސް ބަޔަކަށް ވެކްޓަރބޯން އަދި ފެނުން ޖެހޭ އެކި ބަލިތަކުގެ ނުރައްކާއޮތް ކަމަށް އެ ދާއިރާގައި މަސައްކަތްކުރާ މެޑިކްސް އިން ބުނެއެވެ .

ސިންދު ސަރުކާރުން އާންމުކުރި ރަސްމީ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ޖުލައި މަހު ޑެންގީ ޖެހުނު މީހުންގެ އަދަދު 361 އިން ސެޕްޓެމްބަރު މަހު 1،336 އަށް އިތުރުވެފައިވާއިރު، ސެޕްޓެމްބަރު މަހުގެ ފުރަތަމަ ހަތަރު ދުވަހު އެކަނި ވެސް 257 ކޭސް ވަނީ ރިޕޯޓްކޮށްފަ އެވެ.

ސިންދު ސަރުކާރުން 110 މެޑިކަލް ކޭމްޕް ގާއިމްކޮށް 117 ޑޮކްޓަރުންނާއި 277 ޕެރެމެޑިކުން ހަވާލުކޮށްފައިވާއިރު، ޖުލައި މަހުން ފެށިގެން ވަނީ ފެންބޮޑުވި ސަރަހައްދުތަކުގައި 785،000 އަށް ވުރެ ގިނަ ބަލިމީހުންނަށް ފަރުވާ ދީފަ އެވެ.

“ސިންދު ޕްރޮވިންސްގެ ފެންބޮޑުވުމުގެ އަސަރު ކުރި ހުރިހާ ސަރަހައްދެއްގައި މަދިރި ހަލުވިކަމާއެކު ފެތުރެމުންދާތީ ދުވާލަކު ޑެންގޫ ޖެހޭ މީހުންގެ އަދަދު ގިނަ،” ސިންދު ހެލްތު ޑިޕާޓްމަންޓުގެ ތަރުޖަމާނު މެހާރު ޚުރުޝީދު އަރަބް ނިއުސްއަށް ވިދާޅުވި އެވެ.

މިހާދިސާއާއި ގުޅިގެން އަވަށްޓެރި އިންޑިއާއިން ވަނީ ޕާކިސްތާނަށް ބޭހާއި ޒަރޫރީ ބޭނުންތަކަށް ބޭނުންވާނެ އެހެނިހެން ބައެއް ސާމާނުގެ އެހީ ފޯރުކޮށްދީފައެވެ.

ޓެގް

ޕާކިސްތާން ޑެންގޫ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.