ޓްރާންސްޕޯޓް މިނިސްޓްރީގެ ގަވާއިދުގައި ބުނާގޮތުން ދިވެހިރާއްޖޭގެ މަގު ތަކުގައި އިންޖީނު ލީ އެއްޗިހި ނުވަތަ ބެޓްރީގެ ހަކަތައިންވިއަސް ދުއްވާއެއްޗެހި ދުއްވޭނީ ޓްރާންސްޕޯޓް ގައި ރަޖިސްޓްރީކޮށް އަހަރީ ފީ ދައްކައިގެންނެވެ.
އަދި މިނިސްޓްރީގެ ގަވައިދުގައި ދައްކާފައިވާ ނަމޫނާ އަކާ އެއްގޮތަށް ނަމްބަރު ބޯޑު ހަދައި އެދުއްވާ އެއް އެއްޗެއްގައި ފެންނަގޮތަށް އެ ބޯޑް ހަރުކޮށްގެންނެވެ.
އެއީ ކުޑަވެގެން ގޮސް ބެޓެރީން ދުއްވާ ބައިސްކަލަކަށްވިއަސް ބޮޑުވެގެން ހައިމާކް ނުވަތަ ކްރޭނަކަށްވިއަސްއެކަން އެ ޤަވާއިދުގެ ތެރެއިން ހަމަޖެހިފައިވާ ގޮތެވެ. އަދި އެއީ އަމިއްލަ ފަރުދެއްގެ އެއްޗަކަށް ވިއަސް އަދި ކިތަންމެ ބޮޑު ކުންފުންޏެއްގެ ވެހިކަލަކަށް ވިއަސް ހަމައެފަދައިން ކަންތައް ކުރަން ޖެހުމަކީ އެޤަވާޢިދުގެ ދަށުން ވެހިކަލުގެ ވެރިފަރާތަށް ލާޒިމް ކުރާ ކަމެކެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގެ ޤަވާއިދަކުން އެކަން ސާފުކޮށް ބަޔާންވެފައި އޮތްއިރު، އެންމެހައި ޢާއްމުރައްޔިތުންނަށާއި، ފުލުހުންނަށްވެސް އެކަން އެމަގުން ހިނގާކަން އެނގިތިބެމެ ފުވައްމުލަކު މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަށްޓަކައި މަސައްކަތްކުރުމަށް ގެންގުޅޭ ވެހިކަލް ތަކުގައި ނަމްބަރު ބޯޑު ނުޖަހައި ބޭނުންކުރާކަން ވަނީ އެރަށުގެ ރައްޔިތުންގެ ތެރެއިން ބަޔަކު ސޯޝަލް މީޑިއާއަށް ތިލަކޮށްފައެވެ.
އަދި އޭގެއިތުރުން ފުވައްމުލަކު ތޮށިލުމުގެ މަސައްކަތުގައި ބެނުންކުރާ ހެވީލޯޑް ވެހިކަލް ތަކުގައިވެސް ނަމްބަރު ބޯޑު ނުހުންނަކަށް ވަނީ އެފަދަ ފަރާތްތަކުން ފާހަގަކޮށްފައެވެ.
ސޯޝަލް މީޑިއާއަށް މިކަން ތިލަކުރި ފަރާތުން ބުނެފައިވަނީ ވެހިކަލް ތަކުގައި ނަމްބަރު ބޯޑު ނުޖަހައިވިޔަސް އެ ދެކުންފުނިން ފުވައްމުލަކުގެ ތަރައްޤީއަށްޓަކައި ކޮށްދެމުންދާ ބުރަ މަސައްކަތްތައް ވަރަށް އުފަލާ އެކު ބަލައިގަންނަކަމަށެވެ. އަދި އެކަމަށްޓަކައި އައްސަރިބަހާ ސާބަސް ދަންނަވާކަމަށެވެ.
އެކަމަކު ރަށަށް ކިތަންމެ ބޭނުންތެރި ކަމެއް ކޮއް ދެއްވިއަސް ގާނޫނާ ގަވާއިދުގެ ތެރެއިން ގެންދިއުމަށް އެދޭ ވާހަކަ ވެސް އެފަރާތުން ވަނީ ފާހާގަކޮށްފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...