ރަސްގެފާނު ޗާލްސް 3 ވަނަ ރަސްކަމަށް އިސްވެވަޑައިގަތުމަށްފަހު ރަސްކަމުގެ ތާޖު އެޅުއްވިތާ ހަފްތާއެއްވެސް ނުވަނީސް ، އިނގިރޭސިވިލާތުގައި ރޯޔަލް ފެމިލީއާ ދެކޮޅަށް މުޒާހަރާ ކުރި ދެ މީހަކު ހައްޔަރު ކޮށްފިއެވެ.
ރޯޔަލް ފެމެލީގެ ބޭފުޅުންނާ ދެކޮޅަށް މުޒާހަރާކުރި އެކަކު އާދީއްތަ ދުވަހު ހައްޔަރުކުރީ އެޑިންބަރާގެ މަރކާޓް ކްރޮސްގައި ބޭއްވި ހަނދާނީ ހަފްލާއެއް ކައިރީގައި ހުއްޓައެވެ.
ހައްޔަރު ކުރި މީހުންނާއި ބެހޭ މާބޮޑު ތަފްޞީލެއް މީޑިއާއަށް ތިލަނުވިނަމަވެސް އިންގިރޭސި ވިލާތުގައި އަދިވެސް ރާނީގެ ފެމެލީގެ ބޭފުޅުންނާ އިދިކޮޅު ހަރަކާތްތައް މަޑުމަޑުން ނަމަވެސް ކުރިއަށް ދާކަމަށް ޚަބަރުތައް ބުނެއެވެ.
އިނގިރޭސި ރާނީ އެލިޒަބަތު 2، އަވަހާރަވީ އުމުރުފުޅުން 96 އަހަރުގައި، އިނގިރޭސި ޝާހީ އާއިލާގެ ކަންޓްރީ ރިޓްރީޓް ކަމަށްވާ ބެލްމޯރަލް ކާސަލްގައި އާލާސްކަންފުޅާ އުޅުއްވުމަށްފަހު، އެ ރޭ ދަންވަރުގެ ވަގުތެއްގަ އެވެ.
ރާނީ އަވަހާރަވި ފަހުން އިނގިރޭސި ވިލާތުގައި ވެސް އަދި ކޮމަންވެލްތު ގެ ގައުމުތަކުގައި ވެސް މެދުނުކެނޑި ހަފްލާތައް ބާއްވާފައި ވެ އެވެ. އާދީއްތަ ދުވަހު އަވަހާރަވި ރާނީގެ ސައްދޯއް ވަނީ ސްކޮޓްލެންޑް މަގުން ބެލްމޯރަލް އިން އެޑިންބަރާގެ ހޮލީހޯރީހައުސް އަށް ހަ ގަޑިއިރުގެ ދަތުރަކަށްފަހު ގެނެސްފަ އެވެ.
ރާނީ ސަންދޯއް ސްކޮޓްލެންޑްގެ ވެރިރަށް ސްކޮޓިޝްއަށް ގެނައުމުން އެތައް ހާސް ބަޔަކު ވަނީ ހަމަލޮލުން ސައްދޯއް ބަލައިލުމުގެ ނަސީބު ހާޞިލް ކޮށްފައެވެ.
ސެއިންޓް ގިލްސް ކެތީޑްރަލްގައި ރާނީގެ ޖަނާޒާ ހޯމަ ދުވަހު އޮންނާނެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...