ބޭރުދުނިޔެ ޖައިޝް މުޙައްމަދުގެ ވެރިޔާ މަސްއޫދު އަޒްހަރު އަފްޣާނިސްތާނުގައި ހުރިކަމަށް ޕާކިސްތާނުން ތުހުމަތުކޮށްފި

ޖައިޝް މުޙައްމަދުގެ ވެރިޔާ މަސްއޫދު އަޒްހަރު އަފްޣާނިސްތާނުގައި ހުރިކަމަށް ޕާކިސްތާނުން ތުހުމަތުކޮށްފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ހަނގުރާމަވެރި ޓެރަރިސްޓް ޖަމާޢަތެއްކަމުގައިވާ “ޖައިޝް މުޙައްމަދު”ގެ ވެރިޔާ މަސްއޫދު އަޒްހަރު އަފްޣާނިސްތާނުގައި ހުރިކަމަށް ޕާކިސްތާނުގެ ފޮރިން މިނިސްޓަރު ބިލަވާލް ބުއްޓޯ ޒަރުދާރީ ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވެފައި މިވަނީ ތާލިބާނުން އަފްޣާނިސްތާނުގައި އޭނާ ހުރިކަން ދޮގުކުރިތާ ދުވަސްތަކެއް ފަހުންނެވެ.

މަސްއޫދު އަޒްހަރަކީ 1999 ވަނަ އަހަރު ހައިޖެކްކުރި އިންޑިއަން އެއާލައިންސްގެ މަތިންދާ ބޯޓު އައިސީ-814 ގެ މައްސަލާގައި އިންޑިއާއިން ހައްޔަރުކުރީ މީހެކެވެ. އޭނާ އެންމެފަހުން ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދިޔައީ އިންޑިއާގައި ހުޅަނގުގެ ޓޫރިސްޓުން ވަގަށް ނެގުމުގެ ކުށުގަ އެވެ. ޖަލު ހުކުމަށްފަހު އޭނާ ދޫކޮށްލުމުން އަޒްހަރު ވަނީ ޖޭއީއެމް އުފައްދައި އިންޑިއާގައި ވަރަށް ވަރުގަދަ ޓެރަރިސްޓް ހަމަލާތަކެއް ސްކްރިޕްޓް ކޮށްފަ އެވެ.

އިންޑިއާ ޓުޑޭއާ ވާހަކަ ދައްކަވަމުން ބިލަވާލް ބުއްޓޯ ޒަރުދާރީ ވިދާޅުވީ އަޒްހަރު މިހާރު އޮތީ ހަމައެކަނި އިންޑިއާ އާއި ޕާކިސްތާނާ ދެމެދު އޮތް މައްސަލައެއްގެ ގޮތުގައި ނޫން ކަމަށެވެ. އޭނާ ވަނީ އިންޑިއާ، ޕާކިސްތާން އަދި އަފްޣާނިސްތާނުގެ މެދުގައި ޓްރައިލެޓަރަލް މައްސަލައަކަށް ވެފައި ކަމަށް އޭނާ ވިދާޅުވި އެވެ.

ބުދަ ދުވަހު ތާލިބާނުންގެ ތަރުޖަމާނު ޒަބީހުالله މުޖާހިދު ވަނީ މަސްއޫދު އަޒްހަރު އެގައުމުގައި ހުރި ކަމަށްބުނާ ޕާކިސްތާނުގެ މީޑިއާ ރިޕޯޓްތައް ހަރުކަށިކޮށް ދޮގުކޮށް، އެފަދަ ޓެރަރިސްޓް ޖަމިއްޔާތަކަށް ޕާކިސްތާނުގެ ބިމުގައި ވެސް އަދި ރަސްމީ ރައްކާތެރިކަމުގެ ދަށުން ވެސް ހަރަކާތްތެރިވެވޭނެ ކަމަށް ވިދާޅުވެފަ އެވެ.

ޕާކިސްތާނުން ވެސް ވަނީ މަސްއޫދު އަޒްހަރު އިސްލާމްއާބާދާ ހަވާލު ކުރުމަށް ޑިމާންޑްކޮށް ތާލިބާން ސަރުކާރަށް ސިޓީއެއް ފޮނުވާފަ އެވެ.

“އަޅުގަނޑުމެން އަފްޣާނިސްތާނުގެ ފޮރިން މިނިސްޓްރީއަށް އެއް ޞަފްޙާގެ ސިޓީއެއް ލިޔެފައި، މަސްއޫދު އަޒްހަރު (އިރުމަތީ ނަންގަރު ޕްރޮވިންސް) އަފްޣާނިސްތާނުގެ ކޮންމެވެސް ތަނެއްގައި ފޮރުވިފައި ހުރި ކަމަށް ގަބޫލުކުރާތީ، އެކަން ހޯދައި، ރިޕޯޓްކޮށް ހައްޔަރު ކުރުމަށް އެދިފައިވޭ،” ދަ ނިއުސް އާ ހަވާލާދީ އަންގާރަ ދުވަހު ރިޕޯޓްކޮށްފައިވެ އެވެ.

ޕާކިސްތާނުގެ ވާހަކަ ދޮގުކޮށް، އެފަދަ ޑިމާންޑެއް އަފްޣާނިސްތާނަށް އިސްލާމްއާބާދުން ހުށަހަޅާފައި ނުވާ ކަމަށް ޠާލިބާނުން ވަނީ ބުނެފަ އެވެ.

ޓެގް

ޕާކިސްތާން އަފްޣާނިސްތާން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.