ޚަބަރު ރާއްޖޭގެ ރައީސްކަމަށް ކުރިމަތިލައިގެން އަނެއްކާވެސް ލިބޭނީ ބޮނޑިއެއް: ރައީސް ނަޝީދު

ރާއްޖޭގެ ރައީސްކަމަށް ކުރިމަތިލައިގެން އަނެއްކާވެސް ލިބޭނީ ބޮނޑިއެއް: ރައީސް ނަޝީދު

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް


ރާއްޖޭގެ ރައީސްކަމަށް ކުރިމަތިލައިގެން އަނެއްކާވެސް ލިބޭނީ ބޮނޑިއެއް ކަމަށް، ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ، އައްޑޫ ސިޓީ ރައްޔިތުންނާއި އެކު ރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރޭގެ ބައްދަލުވުމުގައި މީހަކު ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެތޯ ރައީސް ނަޝީދު އާއި ސުވާލު ކުރައްވާފަ އެވެ. އެ ސުވާލަށް ޖަވާބުދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، ރާއްޖޭގެ ވެރިކަމަށް ރިޔާސީ ނިޒާމެއްގައި ތެރެއިން ކުރިމަތި ލައްވައިފި ނަމަ ލިބޭނީ ބޮނޑިއެއް ކަމަށާއި، ބަރުލަމާނީ ނިޒާމެއްގައި ނޫންގޮތަކަށް ރާއްޖޭގައި ވެރިކަން ކުރެވޭނެ ކަމަށް ދެކިވަޑައި ނުގަންނަވައި ކަމަށެވެ.

”އަޅުގަނޑު ދެކޭގޮތުގައި ރާއްޖޭގެ ރައީސްކަމާއި ކުރިމަތިލައިގެން އަނެއްކާވެެސް ލިބޭނީ ބޮނޑިއެއްް. ތިބޭފުޅުން އަޅުގަނޑުދެކެ ރުޅިއަންނާނެ. އަޅުގަނޑަށް ފެންނަ ފެނުމުގައި ނިޒާމު ބަދަލު ކުރުމުގެ މަސައްކަތް އަޅުގަނޑު ކުރާނީ. ދެން އަޅުގަނޑު ދެކޭނީ އަޅުގަނޑު ކާމިޔާބު ވާނެކަމަށް. އަޅުގަނޑު ދެކޭނީ ރިޔާސީ އިންތިހާބަށްވުރެ މުހިންމުވެގެން އަންނަންޖެހޭނީ ޕާލިމެންޓްރީ އިންތިހާބު.“ ރައީސް ނަޝީދު ވިދާޅުވި އެވެ.

ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ރައީސް ނަޝީދު ބޭނުންފުޅު ވެލައްވާ އިރު، އެމްޑީޕީގެ ނިމިދިޔަ ކޮންގްރެސް އަށް އެމަނިކުފާނު ވަނީ އެ އިސްލާހު ހުށަހެޅުއްވުމަށް ފަހު، އަނބުރާ ގެންދަވާފަ އެވެ.

ޓެގް

އައްޑޫސިޓީ ރައީސް ނަޝީދު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.