ޚަބަރު ޒުވާނާ މޫދަށް ވެއްޓުނީ ގެމަނަފުށީ ނެރުން ނުކުތްވަގުތު

ޒުވާނާ މޫދަށް ވެއްޓުނީ ގެމަނަފުށީ ނެރުން ނުކުތްވަގުތު

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ގއ.ގެމަނަފުށިން ފުރައިގެން އެއަތޮޅު ކަނޑުހުޅުދޫއަށް ދަތުރުކުރި ފެރީއަކުން މޫދަށް ވެއްޓުނު ޒުވާނަކު މަރުވެފައިވާއިރު، އެ ޒުވާނާ މޫދަށް ވެއްޓުނީ ފެރީ ގެމަނަފުށީ ނެރުން ނުކުތް ވަގުތު ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި މިއަދު ހަވީރު ހިނގި މިހާދިސާގައި ޒުވާނާ މޫދަށް ވެއްޓުނީ ބަޔަކާއެކު ފެރީގެ ދިރުނބާކޮޅުގައި އިންދައެވެ. މަރުވެފައި ވަނީ ގއ.ކަނޑުހުޅުދޫ ހީނާމާގެ ޢުމުރުން 25އަހަރުގެ އިރުފާން އަލީ ކަމަށްވެސް މަޢުލޫމާތު ލިބިފައެވެ.

އެޒުވާނާ މޫދަށް ވެއްޓުނީ ފެރީ ގެމަނަފުށީ ނެރުން ނުކުތްވަގުތުކަމަށާ، މޫދުން ޒުވާނާ ނެގިއިރުވެސް ނޭވާ ނުލާކަމަށް ބެލެވޭ ކަމަށްވެސް މަޢުލުމާތު ލިބެއެވެ. އޭނާ ވެއްޓުމާއެކު އަޑިއަށް ދިޔަކަމަށާ، ނެގީ އަޑީގައި އޮއްވާކަމަށްވެސް ގެމަނަފުށިން މަޢުލޫމާތު ހިއްސާ ކުރި ފަރާތުން ބުނެއެވެ.

މިޙާދިސާއާ ގުޅިގެން ފުލުހުން ވިދާޅުވީ މިޙާދިސާގެ ރިޕޯޓު ލިބުނީ ހަވީރު 17:45 ހާއިރު ކަމަށެވެ. އަދި މޫދަށްވެއްޓުނު ޒުވާނާ މޫދުން ނަގައިގެން ގެމަނަފުށީ ސިއްޙީ މަރުކަޒަށް ގެންދިޔަކަމަށާ، އިރުވެސް ވަނީ މަރުވަފައިކަމަށް ސިއްޙީ މަރުކަޒާ ޙަވާލާދީ ފުލުހުން ވިދާޅުވެއެވެ.

ޓެގް

ގެމަނަފުށި ފެރީނިޒާމް ކަނޑުމަތީގެ ހާދިސާ ޒުވާނުން މަރުގެ ހާދިސާތައް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.