ބޭރުދުނިޔެ ދުނިޔޭގެ ދެވަނައަށް މުއްސަނދި މީހާގެ މަގާމުން ޖެފް ބެޒޯސް ދުރުކޮށް، އިންޑިއާ މީހަކު އެމަޤާމް ހޯދައިފި

ދުނިޔޭގެ ދެވަނައަށް މުއްސަނދި މީހާގެ މަގާމުން ޖެފް ބެޒޯސް ދުރުކޮށް، އިންޑިއާ މީހަކު އެމަޤާމް ހޯދައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ދުނިޔޭގެ ދެވަނައަށް އެންމެ މުއްސަނދި މީހާގެ މަގާމުން ޖެފް ބެޒޯސް ދުރުކޮށް އިންޑިއާގެ ވިޔަފާރި ވެރިއަކު އެމަޤާމް ހޯދައިފި އެވެ.

ބްލޫމްބާގްގެ ބިލިއަނަރ އިންޑެކްސްގެ 3 ވަނަ ދަރަޖައަށް ޖެފް ބެޒޯސް ވައްޓާލައި އެލިސްޓްގެ ދެވަނައަށް އިންޑިއާގެ ވިޔަފާރި ވެރިޔާ މޮގަލް ގައުޓަމް އާދަނީ އަރާފައިވާކަން އިއުލާން ކޮށްފައިވަނީ އިއްޔެއެވެ.

އަދިވެސް އެލިސްޓްގެ އެންމެ ކުރީގައި 260 ބިލިއަން ޑޮލަރާއި އެކު ވަނީ ޓެސްލާގެ ބާނީ އެލޮން މާސްކް އެވެ. އަހަރުފެށުނު އިރު އިންޑިއާގެ ވިޔަފާރި ވެރިޔާ އާދަނީ އެލިސްޓްގެ 14 ވަނައިގައި އޮތުމަށްފަހު 2 ވަނަ މަގާމަށް އެރުމަށް ހޭދަވީ އެންމެ 10 މަސްދުވަހެވެ.

މިއީ އޭޝިއާގެ މީހަކު ބްލޫމްބާގްގެ ލިސްޓުގައި އެހާ މަތީ ދަރަޖައެއް ހޯދި ފުރަތަމަ ފަހަރެވެ.

އަދާނީގެ 146.9 ބިލިއަން ޑޮލަރުގެ މުއްސަނދިކަން ބޮޑުތަނުން ގުޅިފައިވަނީ އޭނާގެ ފުޅާ ދާއިރާއެއްގައި އޮތް އަދާނީ ގްރޫޕް ކޮންގްލޯމެރޭޓްގެ ހޯލްޑިންގްސް އާއެވެ. އެކަމަކު އާދަނީ އުޅެނީ އަދިވެސް މާސްކްގެ 260 ބިލިއަން ޑޮލަރުގެ ފަހަތުގައެވެ. އެ ގްރޫޕުން ހިންގަނީ ފާއިތުވި އަހަރުތަކުގައި ކުރިއަރާފައިވާ ބަނދަރުތަކާއި ކޯލް ހިމެނޭ ގޮތަށް ގިނަ ވިޔަފާރިތަކެކެވެ.

ޖެފް ބެޒޯސް އާއި ޗީފްސްގެ ވެރިޔާ ކްލާކް ހަންޓް އާއި ޗާޖާސްގެ ވެރިޔާ ޑީން ސްޕަނޯސް

ޖޫން 2020 އިން ފެށިގެން ބައެއް އަދާނީ ކުންފުނިތަކުގެ ހިއްސާ %1،000 އަށް ވުރެ މައްޗަށް އަރާފައިވާއިރު، މިއީ ބޮޑުވަޒީރު ނަރެންދުރަ މޯދީ ތަރައްގީއަށް އިސްކަން ދެއްވާ އިންފްރާސްޓްރަކްޗަރާއި އިއާދަކުރަނިވި ހަކަތަ ފަދަ ދާއިރާތަކުން ކޮންގްލޯމެރޭޓްގެ ވަރުގަދަކަމާމެދު އިންވެސްޓަރުންގެ އުންމީދީ މަސައްކަތް ކަމަށް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ. އޭނާގެ ފްލެގްޝިޕް އަދާނީ އެންޓަޕްރައިސަސްގެ ހިއްސާ 2022 ވަނަ އަހަރު %115 އަށް ވުރެ މައްޗަށް ގޮސްފައިވެ އެވެ.

ހުކުރު ދުވަހު އިކުއިޓީސް ވިއްކުމުގެ ފުޅާ ދާއިރާއެއްގައި ޓެކް ސްޓޮކްތަކަށް ބޮޑެތި އަސަރުތަކެއް ކުރުމުން ބެޒޯސްގެ މުދަލުގެ އަގު 145.8 ބިލިއަން ޑޮލަރަށް ވެއްޓުނު ކަމަށް ބްލޫމްބާގް އިން ބުނެ އެވެ. އެމެޒޯންގެ ހިއްސާގެ އަގު ވިޔަފާރީގެ ކުރީކޮޅު %3 ދަށްވެފައިވާއިރު، މިއަހަރުގެ ހިއްސާގެ އަގު %25 އަށްވުރެ ދަށަށް ގޮސްފައިވެއެވެ.

އެމެޒޯންގެ ފައުންޑަރ މީގެ ކުރިން އެ ލިސްޓުގެ އެއްވަނައިގައި އޮތް ނަމަވެސް 2019 ވަނަ އަހަރުން ފެށިގެން އޭނާގެ މުއްސަނިދިކަމަށް ވަނީ އަސަރުތަކެއް ކޮށްފައެވެ. އެގޮތުން އޭނާގެ މުއްސަނދިކަމުގެ ބޮޑު ބައެއް އޮތީ އެމެޒޯންގެ ސްޓޮކްގައި ބަންދުވެފައެވެ.

ބްލޫމްބާގް އިން ބުނާ ގޮތުގައި ޓެކް ސޭލްއޮފްގެ ސަބަބުން ޖެނުއަރީ މަހުން ފެށިގެން ބެޒޯސްގެ މުދަލުގެ 45 ބިލިއަން ޑޮލަރު ވަނީ ޝޭވްކޮށްފަ އެވެ.

ޓެގް

ޖެފްބެޒޯސް އީލޮން މަސްކް ވިޔަފާރި

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.