ޚަބަރު ފުލުހުންނަށް އިންޒާރުދިން މައްސަލާގައި ދެ މީހުން ހައްޔަރުކޮށްފި

ފުލުހުންނަށް އިންޒާރުދިން މައްސަލާގައި ދެ މީހުން ހައްޔަރުކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ފުލުހުންނަށް އިންޒާރުދިން މައްސަލައެއްގައި ދެމީހަކު އައްޑޫސިޓީން ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، އިއްޔެ އައްޑޫ ސިޓީ ހިތަދޫގައި ލައިސަންސް ނެތި ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯވ ކުރުމުން، ފުލުހުންގެ ތަކެއްޗަށް ގެއްލުންދީ، ރޯކޮށްލާނެކަމަށް ބުނެ އިންޒާރުދިން މައްސަލައަކާއި ގުޅިގެން 21 އަހަރާއި 22 އަހަރުގެ ދެ ފިރިހެނުން ކޯޓު ޢަމުރެއްގެ ދަށުން މިއަދު ހައްޔަރުކޮށްފައިވާކަމަށެވެ.

މި މައްސަލަ އިތުރަށް ބަލަމުން އަންނަކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ފުލުހުންނަށް އިންޒާރުދިން މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފައި މިވަނީ، މިމަހުގެ 9 ވަނަ ދުވަހު މަޖީދީ މަގުގައި ހުންނަ ޔޫރޯ ސްޓޯރު ކުރިމަތިން 3 ފުލުހަކަށް ހަމަލާދިން މައްސަލައާ ގުޅިގެންވެސް ބަޔަކު ހައްޔަރުކޮށްފައި ވަނިކޮށެވެ. މި މައްސަލާގައިވެސް 5 މީހަކު މިހާތަނަށް ވަނީ ހައްޔަރުކޮށްފައެވެ. މީގެ އިތުރުން މިމަހުގެ 18ގައި ފުލުހަކަށް މަރުގެ އިންޒާރު ދިންމައްސަލާގައިވެސް މީހަކު ހައްޔަރުކޮށްފައިވެއެވެ.

ފުލުހުންނަށް މަރުގެ އިންޒާރުދީ، ފުލުހުންގެ ތަކެއްޗަށް ގެންލުންދޭނެކަމުގެ އިންޒާރުދޭ މައްސަލާގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމިދު ވިދާޅުވީ، ޖަމާއަތް ހަދައި، ކުށްކުރުމާއި، އާންމު އިޖުތިމާޢީ މިންގަނޑުތަކާއި ޚިލާފް އަމަލްތައް ހިންގާ އަދި ރައްޔިތުންގެ ހިތްތަކަށް ބިރުވެރިކަން ވަންނަ ގޮތަށް ހަރަކާތްތެރިވާ ގުރޫޕުތަކާ ދެކޮޅަށް ފިޔަވަޅު އަޅާނެކަމަށެވެ. އަދި މިފަދަ ނާތަހުޒީބު އަމަލުތަކުގެ ސަބަބުން ގޭންގުތަކާއި ދެކޮޅަށް ފުލުހުން ހިންގާ އޮޕަރޭޝަންތަކާއި، މަސްތުވާތަކެއްޗާއި ދެކޮޅަށް ހިންގަމުންދާ އޮޕަރޭޝަންތަކަށް މަޑުޖެހުމެއް ނާންނެކަމަށްވެސް ސީޕީ ޙަމީދު ވިދާޅުވެފައިވެއެވެ.

ޓެގް

ޕޮލިސް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.