މުނިފޫހި ހާޑީ އާއި އަހަރެން އެކުގައި އުޅޭ ގޮތް ބެލުންތެރިންނަށް ކަމުދާނެކަމަށް އުންމީދުކުރަން: ޕަރިނީތީ ޗޯޕްރާ

ހާޑީ އާއި އަހަރެން އެކުގައި އުޅޭ ގޮތް ބެލުންތެރިންނަށް ކަމުދާނެކަމަށް އުންމީދުކުރަން: ޕަރިނީތީ ޗޯޕްރާ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ނިއުދިއްލީ – ވަރސައިޓަލް ބަތަލާ ޕަރިނީތީ ޗޯޕްރާ އޭނާގެ ފުރަތަމަ އައުޓް އެންޑް އައުޓް އެކްޝަން ފިލްމު “ކޯޑް ނޭމް ޓިރަންގާ” ކުޅެން ފަށައިފި އެވެ. އެކްޓަރު-ލަވަކިޔުންތެރިޔާ ހާޑީ ސަންދޫއާއި އެކު ޕަރިނިތީ މިފިލުމުގައި ޖޯޑެއްގެ ގޮތުގައި ފެންނައިރު، ބެލުންތެރިން ވަނީ އެމީހުންގެ ޖޯޑު ތާޒާ ޖޯޑެއް ކަމަށް ބުނެފަ އެވެ!

ޕަރިނީތީ އުންމީދު ކުރަނީ ޕާފޯމަންސް ޕޮއިންޓުން ބަލާއިރު މި އާ ޖޯޑު ޓައުން ސްކްރީނުން ގެނެސްދޭނެ އެއްޗެއް ބެލުންތެރިންނަށް ކަމުދާނެ ކަމަށާއި އަދި ހާރޑީ އާއި އޭނާ އެކުގައި ފެންނަ ގޮތް އެންމެނަށް ވެސް ކަމުދާނެ ކަމަށެވެ.

ޕަރިނީތީ ބުނާ ގޮތުގައި މިއުޒިކާއި ކާނާގެ ސަބަބުން އެދެމެދުގައި އޮތް އައިސް ބްރޭކްވީ ފުރަތަމަ ބައްދަލުވުމުންނެވެ. “އަހަރެންނާއި ހާޑީ ގުޅިފައިވަނީ އަހަރެމެން އެކަކު އަނެކަކާ ބައްދަލުވި ހަމަ ސިކުންތުގައި، އެއީ އަހަރެމެން ދެމީހުންނަށް އެނގޭތާ އަހަރުތަކެއް ވެފައިވާ ކަހަލަ ކަމެއް. އަޅުގަނޑުމެން ދެމީހުންނަކީވެސް ޕަންޖާބީން ކަމަށް ބަލާއިރު އަޅުގަނޑުމެން ހުރިހާ ވަގުތެއްގައިވެސް ސެޓްގައި އަޅުގަނޑުމެންގެ މާދަރީ ބަހުން ވާހަކަ ދައްކާނަން އަދި އަޅުގަނޑުމެން އެންމެ ބޮޑަށް ގުޅިފައިވަނީ ކޮން 2 ކަމެއްގައިކަން އެނގޭތަ؟ މިއުޒިކާއި ކާނާނޫން އެހެން އެއްޗެއް ނެތް.” ޕަރިނިތީ އޭނާގެ އަމިއްލަ ވާހަކަތައް ހިއްސާކުރިއެވެ.

އޭނާ ބުނާ ގޮތުގައި ހާޑީއާ އެކު މަސައްކަތް ކުރުމަކީ ލިބުނު ޓްރީޓެކެވެ. ޕާރީ ބުނަނީ، “އޭނާ އަކީ ވަރަށް ގިވިން އެކްޓަރެއްކަމަށެވެ.
“އަޅުގަނޑަށް ލަފާކުރެވޭ ގޮތުގައި ބެލުންތެރިންނަށް އަޅުގަނޑުމެން ހިއްސާކުރާ ކެމަރަޑަރީ ފެނިދާނެ، އެހެންކަމުން އެމީހުން އަހަރެމެންގެ ޕެއަރިންގ އަށް ތާޒާ ކަމަށް ކިޔަމުންދާ ކަމަށާއި އަހަރެމެން ސްކްރީނުން ފެނުމަށް ކެތްމަދުވެފައި ތިބި ކަމަށް. އަހަރެން އުންމީދު ކުރަން އަހަރެމެން ސްކްރީނުން ކުރި ކަންތައްތަކާއި އަހަރެމެން އެކުގައި ފެންނަ ގޮތް އެމީހުންނަށް ވަރަށް ކަމުދާނެ ކަމަށް.” ޕަރިނިތީ އުފަލުން ހުރެ ކިޔާދެއެވެ.

ރިބޫ ދަސްގުޕްތާ ޑައިރެކްޓްކޮށްފައިވާ ކޯޑް ނޭމް ޓިރަންގާ ސިނަމާތަކުގައި ރިލީޒްކުރާނީ އޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހު އެވެ.

ޓެގް

ބޮލީވުޑް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.