ޚަބަރު ޔޮހާނީގެ ޗަނާޗާ ޝޯ، އެއް ދުވަސް ލަސްކޮށްލުމަށް ނިންމައިފި

ޔޮހާނީގެ ޗަނާޗާ ޝޯ، އެއް ދުވަސް ލަސްކޮށްލުމަށް ނިންމައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ދުނިޔޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ މެންކް ރާއްޖޭގައި ބާއްވާ ދަރުހާއި ބައިސްކޯފުން އިންތިޒާމުކޮށްގެން ސްރީލަންކާގެ ލަވަ ކިޔުންތެރިޔާ، ޔޮހާނީ ޑިލޯކާ ޑިސިލްވާއާއެކު އެދުވަހު ބާއްވަން ނިންމާފައި އޮތް ”ޗަނާޗާ 2022“ ޝޯ އެއްދުވަސް ފަސްކޮށްފިއެވެ.

ބައިސްކޯފްއިން ބުނީ، އެ ޝޯ އަށް ތައްޔާރުވަމުން އަންނަތާ މަސްތަކެއް ވެފައިވާ ކަމަށާއި، ނަމަވެސް ހަމައެދުވަހު ބޮޑު އެެއްވުމެއް އޮތްކަން އެ ޓީމުގެ ސަމާލުކަމަށް އައިސްފައިވުމުން، ޗަނާޗާ ޝޯ އެއް ދުވަސް ލަސްކޮށްލުމަށް ނިންމާފައިވާ ކަމަށެވެ.

އެހެންކަމުން މިހާރު ޝޯ ބާއްވަން ނިންމާފައިވަނީ މި މަހުގެ 29 ވާ ހޮނިހިރު ދުވަހު، ހުޅުމާލޭ ސިންތެޓިކް ޓްރެކުގައެވެ. އެ ޝޯ އޮންނާނީ އެ ދުވަހުގެ 4:00 އިން ހަވީރު 6:00 އަށް އަދި އެރޭ 8:00 އިން 12:00 އަށެވެ.

މުފްތީ މެންކްގެ ދަރުސް އޮންނާނީ މިމަހުގެ 28 ވަނަ ދުވަހުއެވެ. މެންކްގެ ދަރުސް އޮތީ އެ ރޭ މާލޭ އަލިމަސް ކާނިވަލްގައެވެ.

މީގެ އިތުރުން 29 ވަނަ ދުވަހު ފުވައްމުލައް ސިޓީގައި އަދި 30 ވަނަ ދުވަހު އައްޑޫ ސިޓީގައި މުފްތީ މެންކްގެ ދަރުހެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިމަހުގެ 31 ވަނަ ދުވަހު ހުޅުމާލޭގައި ދަރުސް ބޭއްވުމަށްވެސް މިހާރު ވަނީ ހަމަޖެހިފައެވެ.

ޓެގް

ޔޮހަނީ މަނިކޭމަގޭހިތޭ މުފްތީމެންކް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.