ބައިޑަންގެ އުމުރުފުޅަށް ނުބެލުމަށާއި، އެމަނިކުފާނުގެ މަސައްކަތްޕުޅަށާއި، ދައްކަވާ ޕާފޯމަންސަށް ބެލުމަށް ޕާޓީގެ މެމްބަރުންގެ ކިބައިން އެމެރިކާގެ ރައީސް ޖޯބައިޑަން އެދިވަޑައިގެންފިއެވެ.
އުމުރުފުޅުން 79 އަހަރުގެ ރައީސް ޖޯ ބައިޑަން ވަނީ އެމަނިކުފާނު ނިސްބަތްވެ ވަޑައިގަންނަވާ ޑިމޮކްރެޓިކް ޕާޓީގެ ވޯޓަރުންނަށް އެމަނިކުފާނަކީ ޤާބިލް ބޭފުޅެއްކަން ޔަގީންކަން ދެއްވުމަށް މަސައްކަތް ކުރައްވާފައެވެ.
އެމެރިކާގެ ތާރީހުގައި ވެސް އެންމެ ދުވަސްވީ ރައީސަކަށް ހުންނެވި ބައިޑަން ދެވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން ހާމަކުރައްވާފައިވާއިރު، އެމަނިކުފާނުގެ ދައުރު ނިމޭއިރު، އުމުރުން 86 އަހަރު ވާނެ އެވެ. އޭނާ ތަކުރާރުކޮށް ވިދާޅުވެފައިވަނީ 2024 ވަނަ އަހަރު އަލުން އިންތިޚާބަށް ކުރިމަތިލާނެ ކަމަށާއި، އޭގެ ބަދަލުގައި އެ ޕާޓީން ތާއީދު ކުރަންވީ ޒުވާން ކެންޑިޑޭޓަކަށްތޯ ނުވަތަ ތަޖުރިބާހުރި ޤާބިލް މީހަކަށްތޯ ސުވާލު އުފައްދާފައެވެ.
ނިއުޔޯކް ޓައިމްސް/ސިއެނާ ކޮލެޖުން ޖުލައި މަހު ކުރި ސާވޭއަކުން ދައްކާ ގޮތުގައި ޑިމޮކްރެޓިކް ޕާޓީގެ ވޯޓުލާ މީހުންގެ ތެރެއިން 2024 ވަނަ އަހަރަށް ބައިޑަން އަލުން ނަންގަވަން ތާއީދުކުރީ އެންމެ %26 މީހުން ކަމަށާއި، އެކަމާ ދެކޮޅު ހެދުމުގެ އެންމެ ބޮޑު ސަބަބެއްގެ ގޮތުގައި އުމުރު ފާހަގަކޮށްފައިވެ އެވެ.
“އަޅުގަނޑުގެ ސިއްހަތު ރަނގަޅު. އަޅުގަނޑުގެ ހުރިހާ، ޖިސްމާނީ ގޮތުން ހުރިހާ ކަމެއް އަދިވެސް ރަނގަޅަށް މަސައްކަތް ކުރަމުންދާކަން އެނގޭ، އަދި ނަފްސާނީ ގޮތުން ވެސް،” އަންނަ މަހު 80 އަހަރު ފުރޭ ރައީސް އެމްއެސްއެންބީސީއަށް އާދީއްތަ ދުވަހު ދެއްކި އިންޓަވިއުގައި ވިދާޅުވި އެވެ.
އުމުރުގެ މައްސަލައަކީ ވޯޓުލާ މީހުންގެ ކަންބޮޑުވުމެއް ކަމަށް އެއްބަސްވި ނަމަވެސް ބައިޑަން ވިދާޅުވީ އޭނާގެ އުމުރަށް ވުރެ ބޮޑަށް ވަޒީފާގައި މިހާރު ހުރި ވަރުގަދަކަން ބަލައިގެން އޭނާގެ މައްޗަށް ހުކުމް ކުރަން ޖެހޭ ކަމަށެވެ.
“އަހަންނަކީ ތަޤްދީރަށް ވަރަށް އިޙްތިރާމްކުރާ މީހެއް. މާދަމާ ބައްޔެއް ޖެހިދާނެ. އަހަންނަށް، އެނގިވަޑައިގަންނަވާނެ، މާދަމާވެސް މަރުވެގެން ވެއްޓިދާނެ… އަހަރެންގެ ހަކަތަގެ މިންވަރަށް ބަލާއިރު، އަޅުގަނޑަށް ހީވަނީ.” މީހުން ބަލަންޖެހޭނީ އަހަރެންގެ މަސައްކަތުގެ ކޮލިޓީއަށް ކަމަށް. ބައިޑަން ވިދާޅުވި އެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...