މުނިފޫހި ޔޯހާނީގެ ފަހު ޝޯވ އުއްޗުއަށް !

ޔޯހާނީގެ ފަހު ޝޯވ އުއްޗުއަށް !

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

“މަނިކޭ މަގޭ ހިތޭ” ލަވައިން މުޅި ދުނިޔެއަށް ވިދާލި ޔޯހާނީ ރާއްޖެއަށް ކުރި ޒިޔާރަތުގައި ދަތުރު ނިންމާލުމުގެ ކުރިން ވިޔަފާރިވެރިޔާ ޗަމްޕާ މުޙައްމަދު މޫސާ (އުއްޗު)ގެ އެދިވަޑައިގަތުމަކަށް ކުރެއްދޫ އައިލެންޑް ރިސޯޓްގައިވެސް ޝޯވ އެއް ދީފިއެވެ. މިއީ ދަތުރުގެ އެންމެ ފަހު މަންޒިލުކަމަށާއި، މިޝޯވ އަކީ ފުރުމުގެ ކުރިން ދިން ކުޑަޝޯވ އެއްކަމަށް ރާއްޖޭގެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ.

މިދިޔަ އޮކްޓޯބަރ މަހުގެ 27ވަނަ ދުވަހު ޔޮހާނީ ރާއްޖެ އައީ ބައިސްކޯފުން އިންތިޒާމު ކޮށްގެން މިދިޔަ މަހުގެ 29ވަނަ ދުވަހު ބޭއްވުމަށް ހަމަޖެއްސި “ޗަނާޗާ” ޝޯގައި ލަވަކިޔުމަށެވެ.

އެ ޝޯއަށް ފަހު ޔޯހާނީ ވަނީ ރާއްޖޭގައި ކުޑަ ދުވަސްކޮޅަކު ޗުއްޓީ ހޭދަ ކޮށްލަން މަޑުކޮށްފައެވެ. އެގޮތުން ކުރެއްދޫ އައިލެންޑް ރިސޯޓަށް ވެސް އޭނާ ދިޔައެވެ.

ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޔޮހަނީގެ މިދަތުރުގައި އުއްޗުގެ އެހެން ރިސޯޓެއް ކަމުގައިވާ ، ކަނޑު އަޑީގެ ރެސްޓޯރަންޓެއް ހުންނަ ހުރަވަޅީގައި ވެސް ޗުއްޓީ ހޭދަ ކޮށްފައި ވެއެވެ.

ރާއްޖޭގައި ޝޯ ހުށަހަޅައިދީ ޗުއްޓީ ހޭދަ ކުރުމަށްފަހު ޔޯހާނީ މިހާރު ވަނީ އެނބުރި ލަންކާއަށް ގޮސްފައެވެ. ދިޔުމުގެ ކުރިން އޭނާގެ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ބުނީ، ރާއްޖެއަށް ކުރި މި ދަތުރަކީ އޭނާ ހިތުން ފިލައިގެން ދާނެ ދަތުރެއް ނޫން ކަމަށާއި މިއީ އޭނާއަށް ވަރަށް އުފާވެރި ދަތުރެއް ކަމަށެވެ.

ޓެގް

ޔޮހާނީ އުއްޗު މަނިކޭމަގޭހިތޭ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.