ޚަބަރު ރައްޔިތުން ތިބީ ރައީސް ޔާމީން ވެރިކަމަށް ގެންނަން ކެތްމަދުވެފައި: އަދުރޭ

ރައްޔިތުން ތިބީ ރައީސް ޔާމީން ވެރިކަމަށް ގެންނަން ކެތްމަދުވެފައި: އަދުރޭ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރައްޔިތުން ތިބީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަލުން ވެރިކަމަށް ގެންނަން ކެތްމަދުވެެފައި ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ(އަދުރޭ) ވިދާޅުވެއްޖެ އެވެ.
އިއްޔެ އޮތް ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ދާއިރާ އިންތިހާބުގައި ވޯޓުލުން ކުރިއަށްދިޔައިރު ވަރަށް ގިނަ އަދަދެއްގެ މެމްބަރުން ވޯޓުގައި ބައިވެރިވި ކަމަށް އަދުރޭ ވިދާޅުވި އެވެ.

”މީގެ އިނގިގެން މިދާ އެއްޗަކީ ރައީސް ޔާމީންގެ ފަހަތުގައި ޕީޕީއެމް ސާބިތުވެފައި އޮތް މިންވަރު. ރައްޔިތުން ބަދަލަކަށް ބޭނުންވެފައި އޮތް މިންވަރު މީގެން މި ދައްކާދެނީ. ރައްޔިތުންތިބީ ރައީސް ޔާމީން ވެރިކަމަށް ގެންނަން ކެތްމަދުވެފައި ކަން އަޅުގަނޑުމެންނަށް މިއެތެރޭގެ އިންތިހާބުންވެސް އެނގިގެން މިދިޔައީ،“ އަދުރޭ ވިދާޅުވި އެވެ
އަދުރޭ ވިދާޅުވީ، މިފަހަރު ރިޔާސީ އިންތިހާބަށް ރައީސް ޔާމީން ނިކުންނަވާއިރު އެންމެ ބޮޑު އިސްކަމެއްދެއްވަނީ، އަންހެނުންނާއި ޒުވާނުން ނަށް ކަމަށާއި، އެތެރޭގެ އިންތިހާބުގައި ދާއިރާތައް ކަނޑައެޅިގެން ދިއުން އެއީ އެކަމަށް ލިބޭ އެހީތެރިކަމެއް ކަމަށެވެ.

އެހެންކަމުން ކުރިއަށް އޮތްތަނުގައި ޕާޓީގެ ހަރަކާތްތައް އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް އަދުރޭ ވިދާޅުވި އެވެ.

ޓެގް

އަދުރޭ ރައީސްޔާމީން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.