ހުޅުމާލެ ބީޗު ކުލަބު ސަރަހައްދުގައި ބޮމެއް އޮތް ކަމަށް ބުނެ އިންޒާރުދިން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން އެ ސަރަހައްދުގައި ވަނީ އެކަމާގުޅިގެން ހަރަކާތްތެރިވާން ފަށައިފައެވެ.
އެ ސަރަހައްދުން ވޮއިސް އަށް މައުލޫމާތު ދިން މީހަކު ކިޔައިދިންގޮތުގައި އެކަން ކަޅު ދަބަހެއްގައި ބޮމެއް އޮތްކަމަށް ބުނެ މީހަކު ބީޗް ކްލަބް ކެފޭއަށް ވަދެފައިވާކަމަށެވެ. އަދި މިމީހާއަކީ ސިކުނޑި ހަމަ ނުޖެހޭ މީހެއްކަމާއި، މީގެ ކުރިން ވެސް އެމީހާގެ އުދަގޫ އެ ސަރަހްދުގެ ކެފޭތަކަށް ވެފައިވާކަމަށް އޭނާ މައުލޫމާތުދިނެވެ.
ފުލުހުން މި މައްސަލާގައި އެއްވެސް މައުލޫމާތެއް ދީފައިނުވާއިރު، އިންޒާރުދިން މީހާވަނީ ފުލުހުންގެ ބެލުމުގެ ދަށައް ގެނެވިފައެވެ
ކޮމެންޓް (0)
ލޯޑް ކުރަމުން...