ދިއްލީ (11 ޑިސެމްބަރ)- އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ކޮންސްޓްރަކްޝަން ސައިޓެއްގައި ހުރި ހަދަމުން ދިޔަ އިމާރާތެއް މަތިން ވެއްޓުނު ދަގަނޑު ގަނޑެއް ބޮލަށް ވެއްޓި ކުޑަ ކުއްޖަކު މަރުވެއްޖެ އެވެ.
މި ހާދިސާ ހިނގާފައިވަނީ އާދީއްތަ ދުވަހުގެ ހެނދުނު ޕުސްތާ މަގުގެ 18 ނަމްބަރު ތޮކަރު ކައިރީގައި އޮންނަ އޯވަބްރިޖްގެ ދަށުގައެވެ.
މަންޒަރުދުށް ބައެއް މީހުންނާއި ހަވާލާދީ އެންޑީ ޓީވީން ރިޕޯޓްކޮށްފައިވާ ގޮތުގައި މިހާދިސާހިނގީ ދިއްލީ-ޑެހެރަދޫން ފްލައިއޯވަރުގެ މަސައްކަތް ކުރަމުން ދަނިކޮށް ކުށްލިގޮތަކަށް ވެއްޓުނު ދަގަނޑުތަކެއް އެހިސާބުން ހިނގާފައި ދިޔަ ކުޑަކުއްޖެއްގެ ބޮލަށް ދިމާވުންނެވެ.
ފުލުހުން ބުނީ ކުޑަކުއްޖާގެ ހަށިގަނޑު މެޑިކޯ ލީގަލް ކޭސް (އެމްއެލްސީ) އާއި ޕޯސްޓްމޯޓަމް ހެދުމަށް އެސްޑީއެން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.
އަދި ކޮންޓްރެކްޓަރާ މެދު އިންޑިއާގެ އިމާރާތް ކުރުމާއި ބެހޭ ޤާނޫނުގެ 304 ވަނަ މާއްދާގެ (ހ) ގެ ދަށުން ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ވެސް ފަށާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...