ޚަބަރު އިންޑިއާ އެމްބަސީގައި ހުޅުޖަހަން ގޮވާލިކަމަށްބުނެ ޢައްބާސް ޢާދިލް ރިޒާ ހައްޔަރު ކޮށްފި

އިންޑިއާ އެމްބަސީގައި ހުޅުޖަހަން ގޮވާލިކަމަށްބުނެ ޢައްބާސް ޢާދިލް ރިޒާ ހައްޔަރު ކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް


ކުރިން ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ތަރުޖަމާން ކަން ވެސް ކުރި އައްބާސް އާދިލް ރިޒާ ދެންމެ ހައްޔަރުކޮށްފި އެވެ.

އޭނާ ހައްޔަރު ކުރީ އާންމުންގެ މެދުގައި ނަފްރަތު އުފެދޭ ގޮތަށް ސޯޝަލް މީޑިއާގައި ތަފާތު އެކި ފަހަރު މަތިން ވާހަކަ ދައްކާފައިވާ ކަމަށް ބުނެއެވެ.

އޭނާ ހައްޔަރު ކޮށްފައި ވާއިރު އޭނާ ވަނީ ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީގައި ހުޅު ޖަހަން ގޮވާލާފައި ކަމަށް ސަރުކާރުން ބުނެއެވެ. އޭނާ ހުކުރު ދުވަހު ކުރި ޓްވީޓެއްގައި ބުނީ “ފެބުރުއަރީ 8 ގައި އިންޑިޔާގެ އޯޑަރަށް އައްޑޫގައި ހުޅުޖެހި. އެކަމުގެ ބަދަލު އަދި އޮތީ ނުހިފި. އެމްބަސީން ފަށަން އަޅުގަނޑަށް ފެންނަނީ.” އެވެ.

ނަމަވެސް އައްބާސް ބުނާގޮތުގައި އެއީ އޭނާ ބޭނުންކުރާ ޓުވިޓާ އެކައުންޓެއް ނޫނެވެ. އެ ޓްވިޓާ އެކައުންޓުގެ މައްސަލަ މިދިޔަ އަހަރު ޕޮލިހަށް ވެސް ހުށަހަޅާފައިވާނެ ކަމަށް އޭނާ ބުނެއެވެ.

އައްބާސް އިންޑިއާ އާއި ގުޅޭ ގޮތުން ކުރި ޓްވީޓް ދިވެހި ސަރުކާރުން ވަނީ ކުށްވެރިކޮށްފައެވެ.

ޓެގް

ޢައްބާސް ޢާދިލް ރިޒާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.