ޚަބަރު ކުރީގެ ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލި ދެ ދައުވާވެސް ސާބިތުވެއްޖެ

ކުރީގެ ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލި ދެ ދައުވާވެސް ސާބިތުވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ކުރީގެ ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލި މަނީލޯންޑަރިންގެ ދައުވާއާއި ، ރިޝްވަތު ޤަބޫލުކުރެއްވި ކަމުގެ ދެ ދައުވާވެސް ސާބިތުވެއްޖެއެވެ.

އެމަނިކުފާނުގެ މައްޗަށް ރިޝްވަތުގެ ދައުވާ އުފުލީ ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މައްސަލައިގަ އެވެ. ޔާމީންގެ އިތުރު މި ދައުވާ ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް އުފުލި އެވެ.

ދައުލަތުން ޔާމީންގެ މައްޗަށް ކުރި ދައުވާގައި ބުނެފައިވަނީ އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި ލޯންޑާ ކުރެއްވި ކަމަށެވެ.

ކްރިމިނަލް ކޯޓުން ކުރި ހުކުމުގައިވަނީ ޔޫސުފް ނައީމްގެ އެކައުންޓަކުން ދޫކުރި ޗެކެއް ޔާމީންގެ އެކައުންޓަށް ޖަމާވިކަން ލިޔުންތަކުން އެނގޭއިރު، ރައީސްގެ މަގާމުގައި ހުރި ބޭފުޅެއްގެ އެކައުންޓަށް އެވަރުގެ އަދަދެއްގެ ފައިސާ ޖަމާވުމަކީ ސުވާލު އުފެދޭ ކަމެއް ކަމަށެވެ.

މަނީ ލޯންޑްރިންގެ ދައުވާއާ ގުޅިގެން ކޯޓުގެ ހުކުމުގައިވަނީ ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާވުމުން އިތުރު ފައިސާތަކަކާ އެކު ޔާމީން އެ ފައިސާ އިންވެސްޓް ކޮށްފައިވާކަން ހެކިތަކުން ސާބިތުވާ ކަމަށެވެ.

ހުކުމުގައި ބުނީ ޔާމީނަކީ އެވަރުގެ އާމްދަނީއެއް ސައްހަ ގޮތުގައި ލިބޭނެ ފަދަ ބޭފުޅެއް ނޫނެވެ. އެހެންވެ، ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާގެ އުންސުރުތައް ވެސް އެ މައްސަލާގައި ފުރިހަމަވެފައިވާ ކަމަށް ހުކުމުގައިވެ އެވެ.

ޓެގް

ވ.އާރަށް މަނީލޯންޑަރިންގ ކްރިމިނަލްކޯޓް ރައީސްޔާމީން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.