ޚަބަރު މާލޭ ރައްޔިތުން ރައީސް ސޯލިހަށް ވޯޓެއް ނުދޭނެ، ބޯހިޔާވަހި ކަމުގެ ވައުދު ފުއްދައެއް ނުދެވުނު: ރައީސް ނަޝީދު

މާލޭ ރައްޔިތުން ރައީސް ސޯލިހަށް ވޯޓެއް ނުދޭނެ، ބޯހިޔާވަހި ކަމުގެ ވައުދު ފުއްދައެއް ނުދެވުނު: ރައީސް ނަޝީދު

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި މާލޭ ރައްޔިތުން ރައީސް ސޯލިހަށް ވޯޓެއް ނުދޭނެކަމަށާއި، ވޯޓު ނުދޭނެ އެއްސަބަބަކީ މާލޭގެ ރައްޔިތުންނަށް ފުއްދައިދެއްވަން ވިދާޅުވި ބޯހިޔާވަހި ކަމުގެ ވައުދު ފުއްދައެއް ނުދެވުން ކަމުގައި ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު އެމަނިކުފާނުގެ ކެމްޕެއިން ފެށުމުގެ ގޮތުން ރޭ ބޭއްވި ބައްދަލުވުމުގައި ސަލްޓަންޕާކުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ މާލޭ ރައްޔިތުންނަށް މާލޭ ސަރަހައްދުން ގޯތި ދިނުމަށް މިސަރުކާރުން ވައުދުވި ނަމަވެސް އެގޯތިތައް އަދިހުރީ ކަނޑުއަޑީގައިކަމަށެވެ.

ރޭ ސަލްޓަން ޕާކްގައި ބޭއްވި ޖަލްސާގައި ސަރުކާރަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ރައީސް ސޯލިހްގެ ސަރުކާރަށް އެމްޑީޕީގެ މެނިފެސްޓޯ ތަންފީޒު ނުކުރެވޭކަމަށާއި ވައުދުތައް ނުފުއްދޭކަމަށެވެ. އަދި މި ސަރުކާރުން އަދި އެންމެ ރައްޔިތަކަށްވެސް ބޯހިޔާވަހިކަން ހަމަޖައްސާ ދެވިފައި ނުވާކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ރައްތަކުގައި ހިއްކާފައިވާ ބިންތަކާއިއެކު އިންތިހާއަށް ބިން އެބައޮތް ކަމުގައެވެ. އަދި ވެރިކަމުގެ ފުރަތަމަ ހަ މަސް ދުވަހުގެ ރެރޭގައި އެތަންތަނުން ބިން ކަނޑާފައި ދިނުމަކީ އެމްޑީޕީގެ މެނިފެސްޓޯގެ ވައުދެއްކަށާއި ނަމަވެސް އެކަން މިސަރުކާރަށް ނުކުރެވުނު ސަބަބެއް އެނގިވަޑައި ނުގަންނަވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މާލޭ ސަރަހައްދުގައި މި ސަރުކާރުން ކޮމްޓްރެކްޓް ހަވާލުކޮށްގެން އަދި އެންމެ ފްލެޓެއްވެސް މީހަކަށް ނުދެވޭކަމާއި މާލޭގެ ރައްޔިތުންނަށް ދޭންބުނި ގޯތިތައްވެސް އަދި ހުރީ ކަނޑުއަޑީގައިކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ޓެގް

ރައީސް ނަޝީދު އެމްޑީޕީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.