ޚަބަރު ކަލާފާނު ސްކޫލުގެ ފޭސްބުކް އެކައުންޓް ހެކްކޮށްފި

ކަލާފާނު ސްކޫލުގެ ފޭސްބުކް އެކައުންޓް ހެކްކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ކަލާފާނު ސްކޫލުގެ ފޭސްބުކް އެކައުންޓް ހެކްކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ، ކަލާފާނު ސްކޫލްގެ ފޭސްބުކް އެކައުންޓު ހެކްކޮށް އޭގެ ކޮންޓްރޯލް ގޮތް ނޭނގޭ ފަރާތަކުން ނަގާފައިވާކަމުގެ މަޢުލޫމާތު އެ މިނިސްޓްރީއަށް ލިބިފައިވާކަމަށެވެ. އަދި އެ މައްސަލަ ރިޕޯޓްކޮށް، އެކަން ޙައްލުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

މި ދަނޑިވަޅުގައި ސްކޫލުގެ ނަމުގައި އެ ފޭސްބުކު އެކައުންޓުން ލިޔާ ޕޯސްޓުތަކާއި ކުރާ ކޮމެންޓުތަކަކީ ކަލާފާނު ސްކޫލުން ކުރާކަމެއް ނޫންކަމަށާއި، އެކަމަށް ބެލެނިވެރިންވެސް ސަމާލުވުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.

ސޯޝަލް މީޑިއާގެ އެކައުންޓްތައް ހެކް ކުރުމުގައި ގިނަފަހަރަށް ހެކަރުން ބޭނުންކޮށްފައި ހުންނަނީ މަކަރާއި ހީލަތުން އެކައުންޓްގެ ޕާސްވޯޑާއި ޔޫޒާ ނޭމް ހޯދުމުގެ ވަރަށް ސިމްޕަލް މެތަޑްތަކެއް ކަން މިފުރުޞަތުގައި ފާހަގަކޮށްލަމެވެ. އެހެންކަމުން މިފަދަ ކަންކަމުން ސަލާމަތް ވުމަށް ގޮތްނޭންގޭ ލިންކްތަކަށް ނުފިތުމަށާއި، ގޮތްނޭންގޭ މީހުންނާއި، މެސެންޖާއިން މުޢާމަލާތް ނުކުރުމަށް އިލްތިމާސްކުރަމެވެ.

ޓެގް

ކަލާފާނުސްކޫލް މިނިސްޓްރީ އޮފް އެޑިޔުކޭޝަން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.