ޚަބަރު ނަޝީދުގެ ކެމްޕެއިން ދަތުރުފުޅުގައި ފުވައްމުލަކަށް ވަޑައިގެންފި

ނަޝީދުގެ ކެމްޕެއިން ދަތުރުފުޅުގައި ފުވައްމުލަކަށް ވަޑައިގެންފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ފުވައްމުލަކު ސިޓީއަށް ވަޑައިގެންފި އެވެ.

ޕްރައިމަރީގެ ވޯޓުލުން އޮންނާނީ މިމަހުގެ 28 ވަނަ ދުވަހު އެވެ. އިންތިހާބުގައި ނަޝީދާއި ވާދަ ކުރައްވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

ނަޝީދުގެ ކެމްޕެއިން ޓީމުން މައުލޫމާތު ދޭގޮތުގައި މި ދަތުރުފުޅުގައި އެ ސިޓީގައި ދޮރުން ދޮރަށް ކެމްޕެއިން ކުރައްވާނެ އެވެ. އަދި ބައެއް ސަރަހައްދުތަކުގައި ޖަލްސާތައް ބާއްވަވާނެ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ފޯރި ގަދަވެފައިވާއިރު ޕްރައިމަރީގެ ކެމްޕޭނަށް ރައީސް ނަޝީދު ވަނީ ޑިސެމްބަރު މަހު އުތުރުގެ ތިން އަތޮޅުގެ ނުވަ ރަށަކަށް ޒިޔާރަތްކުރައްވާފަ އެވެ. އަދި ރައީސް ނަޝީދު ދަނީ މާލޭގައިވެސް ކެމްޕޭން ޖަލްސާތައް ބާއްވަވަމުންނެވެ.

އެންމެ ފަހުން ރޭ މާލޭގައި ބޭއްވި ކެމްޕެއިން ޖަލްސާގައި އެމަނިކުފާނު ވަނީ ރައީސް ސޯލިހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ދަފްތަރުން ވަގު ހައްދަވާކަމުގެ ތުހުމަތު ކުރައްވާފައި އެވެ.

ޓެގް

ފުވައްމުލަކު ރައީސް ނަޝީދު އެމްޑީޕީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.