ޚަބަރު ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފަށައިފި

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފަށައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް


އެމްޓީސީސީގެ ރާއްޖެ ޓްރާންސްޕޯޓު ލިންކު (އާރުޓީއެލް)އިން މިއަދު ވިލިމާލޭގައި ހަވީރު ބަހުގެ ޚިދުމަތް ފޯރުކޮށްދޭން ފަށައިފިއެވެ.

ވިލިމާލޭގައި ފޯރުކޮށްދިނުމަށް ތައްޔާރުވަމުންދާ ބަހުގެ ޚިދުމަތުގައި އެމްޓީސީސީން ބޭނުންކުރާނީ ތިމާވެއްޓާއި ރައްޓެހި 6 (އިލެކްޓްރޯނިކް ވެހިކަލް) އީވީ އެވެ.

މި ބަސްތަކުގައި 11 މީހުންނަށް އިށީންދެ ތިބެވޭނެހެން ސީޓު ހަރުކުރެވިފައި ހުރުމުގެ އިތުރުން 4 މީހުންނަށް ކޮޅަށްތިބެވޭނެ ޖާގަވެސް ހުންނައިރު މިއީ ޖުމްލަ 15 މީހުންނަށް އެއްފަހަރާ ދަތުރުކުރެވޭނެ ޖާގަ ހުރި ބަސްތަކެއްކަމަށްވެސް އެމްޓީސީސީން ބުނެފައި ވެއެވެ.

އެމްޓީސީސީން ވިލިމާލޭގައި ބަހުގެ ޚިދުމަތް މުޅިން އަލަށް ދޭނަ ފަށާފައިވާއިރު، ކުރިޔަށް އޮތް ތިން ހަފްތާއަށް މި ޚިދުމަތް ފޯރުކޮށްދޭނީ މުޅިން ހިލޭއެވެ. އޭގެ ފަހުން މިޚިދުމަތަށް އަގު ނެގި ނަމަވެސް، އުމުން 65 އަހަރުން މަތީގެ މީހުންނާއި އުމުރުން 3 އަހަރުން ދަށުގެ ކުޑަކުދިންގެ އައިޑީކާޑު ދެއްކުމުން އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެންސްޕާއިން ދޫކޮށްފައިވާ ކާޑު ދެއްކުން އެފަރާތްތަކަށް ބަހުގެ ޚިދުމަތް ހިލޭ ލިބޭނަކަމަށް އެމްޓީސީސީން ބުނެފައި ވެއެވެ.

އެމްޓީސީސީން މިހާރު ދަނީ ވިލިމާލޭގައި މި ޚިދުމަތަށް ނަގާ އަގުތައް ކަނޑައެޅުމުގެ މަސައްކަތް ކުރަމުންނެވެ.

އާރުޓީއެލް ވިލިމާލެ ބަހުގެ ޚިދުމަތް ކޮންމެ ދުވަހަކުވެސް ހެނދުނު 5:35 އިން ރޭގަޑު 0:00 އަށް ފޯރުކޮށް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ކޮންމެ ބަސް ހުއްޓިއަކުންވެސް މި ޚިދުމަތް 5 މިނިޓާއި 10 އާއި ދެމެދުގެ ވަގުތު ކޮޅެއްގެ ތެރޭގައި ލިބެމުން ދާނެއެވެ. އެމްޓީސީސީން ބުނެފައިވާ ގޮތުގައި ބަސް ރޫޓުތައް ކަނޑައަޅާފައިވަނީ އާންމުން އެންމެ ގިނައިން ދާންޖެހޭ ތަންތަން ދެނެގަތުމަށްފަހުއެވެ. އޭގެ ތެރޭގައި ސްކޫލްތަކާއި، ހޮސްޕިޓަލާއި ފެރީ ޓާރމިނަލް އަދި ބީޗުތައް ހިމެނެއެވެ.

އެމްޓީސީސީން ހުޅުމާލޭގައި ބަހުގެ ޚިދުމަތް ފަށާފައިމިވަނީ ވިލިމާލޭ ބަގީގެ ޚިދުމަތް އަންނަމަހުން ކުރީކޮޅުން ފެށިގެން ދިނުމަށް ތައްޔާރުވަމުން ދާކަމަށް މާލޭ ސިޓީ ކައުންސިލުން ހާމަ ކޮށްފައި ވަނިކޮށެވެ. މާލޭ ސިޓީ ކައުންސިލުން ހާމަ ކޮށްފައިވަނީ އެ ކައުންސިލުން ވިލިމާލޭގައި ބަގީގެ ޚިދުމަތް ފޯރުކޮށްދޭނީ 10 ބަގީގެ ބޭނުން ކޮށްގެން 24 ގަޑިއިރުވެސް ޚިދުމަތް ލިބޭ ގޮތަށް ކަމަށެވެ.

ޓެގް

އާރުޓީއެލް އެމްޓީސީސީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.