ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަންގެ ނޮޓަމް ސިސްޓަމްގައި މަސައްކަތްކުރާ ކޮންޓްރެކްޓަރުން އޮޅުމަކުން ގިނަ ފައިލްތަކެއް ޑިލީޓްކޮށްލުމުގެ ސަބަބުން، އެމެރިކާގެ އެތައް ހާސް ފްލައިޓެއް ލަސްވެ ނުވަތަ ކެންސަލް ކުރި ކަމުގެ ޚަބަރުތައް ފެތުރިއްޖެއެވެ.
އެފްއޭއޭ އިން އެމެރިކާގައި ޖެނުއަރީ 11 ވަނަ ދުވަހުގެ ހެނދުނު ހުރިހާ ޑޮމެސްޓިކް ޑިޕާޗާސް މަޑުޖައްސާލީ، އެ ކުންފުނީގެ ނޯޓަމް ނުވަތަ ނޯޓިސް ޓު އެއާ މިޝަންސް ސިސްޓަމް ފެއިލްވުމުންނެވެ. އާންމުކޮށް ނޯޓަމްތަކުގައި ޕައިލެޓުންނަށް މުހިންމު މައުލޫމާތު ހިމެނޭއިރު، ފްލައިޓެއްގެ ރޫޓުގައި ދިމާވެދާނެ ނުރައްކާތެރިކަމުގެ އިންޒާރުތަކާއި، ފްލައިޓް ރެސްޓްރިކްޝަންތަކާއި، ރަންވޭ ބަންދުވުން ހިމެނެއެވެ.
އެފްއޭއޭއިން ފްލައިޓްތަކުގެ ދަތުރުތަކަށް ބުރޫއެރީ ހަމައެކަނި 11 ވަނަ ދުވަހު ނަމަވެސް، އެމެރިކާގެ ފްލައިޓްތައް ކުރިން ދުވަހު ވެސް ފަހަތަށް ޖައްސަމުން ދިޔައީ އީޓީ ގަޑިން ގާތްގަނޑަކަށް 3:28PM ގައި ކަރަންޓް ކެނޑުނު ފަހުންނެވެ. މި މައްސަލައިގެ އަސަރު އެކި ގޮތްގޮތުން އެފްއޭއޭގެ ނޯޓަމްތަކަށް ބަރޯސާވެފައިވާ އަސްކަރީ ފްލައިޓްތަކަށް ވެސް ކުރިއެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ޕައިލެޓުންނަށް ޖެހުނީ އަމިއްލައަށް ފްލައިޓްތަކުގެ ނުރައްކާތެރިކަން ހުރިތޯ ބެލުމަށް ފޯނުން ގުޅާށެވެ.
އެ އިދާރާއިން ފަހުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ސިސްޓަމް ފެއިލްވީ “އިޖުރާއަތުތަކަށް އަމަލު ނުކުރި މުވައްޒަފުން” ވަކި ފައިލްތަކަށް ގެއްލުން ދިނުމުންނެވެ. މިހާރު ކުރިއަށްދާ ތަހުގީގެއްގެ އިބްތިދާއީ ހޯދުންތަކުގެ ތެރެއިން އިތުރު ތަފްސީލުތައް ހިއްސާކޮށްފައިވެ އެވެ. ފެންނަ ފެނުމުގައި އެ ކުންފުނީގެ ކޮންޓްރެކްޓަރުން މައިގަނޑު ޑޭޓާބޭސްއަކާއި ބެކްއަޕް ޑޭޓާބޭސްއެއް ސިންކްރޮނައިޒް ކުރަމުން ދިޔައިރު، އެލާޓް ސިސްޓަމް ހިންގުމަށް ބޭނުންވާ ކަމަށް ނިންމި “ގަސްތުގައި ފައިލްތައް ޑިލީޓް ކުރި” އެވެ. އަދި “މިހާތަނަށް ސައިބަރ އެޓޭކެއް ނުވަތަ ނުބައި ނިޔަތެއްގެ އެއްވެސް ހެއްކެއް ފެނިފައި ނުވާ” ކަމަށް ތަކުރާރުކޮށް ބުނެފައިވެ އެވެ.
ދަ ވޮޝިންޓަން ޕޯސްޓުން ފާހަގަކުރާ ގޮތުގައި ބައެއް ފައިލްތައް ޑިލީޓް ކުރުމުން މުޅި ސިސްޓަމް ޑައުން ވާނެ ގޮތެއް މިވަގުތު ސާފެއް ނުވެ އެވެ. އެފްއޭއޭއިން ކުރިން ވެސް އެ މައްސަލަ ހައްލުކޮށް، އެ ނިޒާމު އިތުރަށް ވަރުގަދަ ކުރުމަށް ފިޔަވަޅުތައް އަޅާފައިވީ ނަމަވެސް، މި ހާދިސާގެ ސަބަބުން އެފްއޭއޭގެ މުއްދަތު ހަމަނުވާ ޓެކްނޮލޮޖީތަކުގެ އިތުބާރު ކުރެވޭ ކަމާ މެދު ސުވާލު އުފެދޭކަން ޔަގީނެވެ. ޚުދު ޓްރާންސްޕޯޓޭޝަން ޑިޕާޓްމަންޓުން ވެސް ކުރިން ސިފަކޮށްފައި ވަނީ ނޮޓަމް ސިސްޓަމްގެ އަޕްގްރޭޑްތަކަށް ފައިސާ ހޯދުމަށް 30 މިލިއަން ޑޮލަރު ހޯދުމަށް އެދި ބަޖެޓް ޑޮކިއުމަންޓެއްގައި “ފެއިލްވަމުން އަންނަ ވިންޓޭޖް ހާޑްވެއާ” ގެ ގޮތުގަ އެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...