ޚަބަރު ބޮޑެތި ކަންބޮޑުވުން ތަކެއް ހުރުމުން ޕީޕީއެމް ޕީއެންސީގެ ފަރާތުން އޭސީސީއާ ބައްދަލުކޮށްފި

ބޮޑެތި ކަންބޮޑުވުން ތަކެއް ހުރުމުން ޕީޕީއެމް ޕީއެންސީގެ ފަރާތުން އޭސީސީއާ ބައްދަލުކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ބޮޑެތި ކަންބޮޑުވުން ތަކެއް ހުރުމުން ، ޕީޕީއެމް ޕީއެންސީގެ ފަރާތުން މިއަދު އޭސީސީއާ ބައްދަލުކޮށްފިއެވެ.

އޭސީސީގެ މެމްބަރުންނާއި ބައްދަލުކުރުމަށް ފަހު ނޫސްވެރިންނާއި ބައްދަލުކޮ ޕީޕީއެމް/ޕީއެންސީން ބުނީ ރާއްޖޭގެ ކޮރަޕްޝަން މި އޮތީ ހައްދުފަހަނަ އަޅާފައި ކަމަށާ، އޭސީސީން އެމައްސަލަ ނުބަލާކަމަށެވެ. އަދި އެމްޑީޕީގެ ޕްރައިމަރީގައި ވެސް ދައުލަތުގެ ވަސީލަތްތައް ބޭނުންކުރަމުންދާކަމަށާ، އެތެރޭގެ އިންތިހާބަށް ކޮންޓްރެކްޓް އުސޫލުން ބައިވަރު މީހުން ވަޒީފާއަށް ނަގަމުންދާކަމަށްވެސް އިދިކޮޅުން ތުހުމަތުކުރެއެވެ.

މިކަމާ ގުޅޭގޮތުން އޭސީސީން ވިދާޅުވީ، ޕީޕީއެމް ޕީއެންސީގެ ފަރާތުން އެކޮމިޝަނުގެ މެންބަރުންނާއި މިއަދު ބައްދަލުކޮށް ދެކެވުނު ވާހަކަތަކުގެ ތެރެއިން “ސޯޝަލް މީޑިއާގައި އެކި ފަރާތްތަކުން ފާހަގަކުރާ ކޮރަޕްޝަންގެ މައްސަލަތައް ނުވަތަ ތުހުމަތުތައް ބަލަން ޔުނިޓެއް ހަދަނީކަމަށް” ބައެއް މީޑިއާތަކުންވަނީ ޚަބަރު ފަތުރާފައި ވީނަމަވެސް އޭސީސީގެ ކޮމިއުނިކޭޝަންގެ ކަންކަން މެނޭޖްކުރާ މުވައްޒަފުން ކުރިއްސުރެ މެއިންސްޓްރީމް މީޑިއާތަކާއި، ސޯޝަލް މީޑިއާގައި ހުންނަ ކޮރަޕްޝަނާއި ގުޅޭ މައްސަލަތަކާއި، ކުރެވޭ ތުހުމަތުތައް ބަލައި މޮނިޓަރކޮށް، ކޮމިޝަނުގެ ސަމާލުކަމަށް ގެނައުމުގެ މަސްޢޫލިއްޔަތު އަދާކުރަމުންދާކަމަށެވެ.

އަދި ކޮމިޝަނުގެ މުވައްޒަފުންވެސް ކޮމިޝަނުގެ ސަމާލުކަމަށް ގެންނަންޖެހޭ ކަންކަން ގެންނައިރު، އިންތިޚާބުތަކާއި ދިމާކޮށް ފުޅާދާއިރާއެއްގައި މިމަސައްކަތް ކުރާކަމަށެވެ. އަދި އެކި މަންސަތަކުގައި އެކިފަރާތްތަކާމެދު ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުތަކާ ގުޅިގެން ކޮމިޝަނުގެ އަމިއްލަ އިސްނެގުމަށްވެސް މައްސަލަތައް ބަލަމުންގެންދާކަމަށް އޭސީސީން ވިދާޅުވެއެވެ. އަދި ކުރިއަށްއޮތްތަކުގައިވެސް އެގޮތުގައި ކުރިއަށްދާނެކަމަށާ، އެފަދަ ކަންކަން ބެލުމަށް އައު ޔުނިޓެއް ހަދަން އޭސީސީން މަސައްކަތްކުރަނީ ނޫންކަމުގައި އޭސީސީން ވިދާޅުވެއެވެ.

ޓެގް

ޕީޕީއެމް ޕީއެންސީ ކޯލިޝަން އޭސީސީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.