ވާހަކަ މާޒީ

މާޒީ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

       ފާތިމަތު ނައުހާ ހާތިމް                         

އެއީވެސް ހަމަ  މިފަދަ ދުވަހެކެވެ. މޫސުން ރީތި ދުވަހެކެވެ. ވައި ޖެހޭލެއް މަޑެވެ. ކަނޑު ވެސް ގަދައެއް ނޫނެވެ. މޫސުމީ ގޮތުން އެދުވަހާ އެއްގޮތް ކަމެއް ހުއްޓަސް މީގެ 3 އަހަރު ކުރިން “ނިޔާމަ” ބޯޓުގައި މާލެ ދާން ފުރި ދުވަހު , ސަނާ އަށް ކުރެވުނު އިހުސާސްމިއަދު އޭނާއަށް އެކުރެވޭ އިހުސާސް ވަރަށް ތަފާތެވެ. އުފަން ރަށާ މައިންބަފައިން ދޫކޮށް އެ ދުވަހު ދަތުރަށް ފުރީ ފުރާހިތަކުން ނޫނެވެ. ނަމަވެސް މިއަދު މާލެއިން އުފަން ރަށަށް ދާން އެ ފުރަނީ  އެތައް ދުވަސް ތަކެއް ގެ އުން މީދުތައް ބޭކާރުވެ ވިއްސި ވިހާލި ވުމުންނެވެ. މިއީ ދުނިޔޭގެ އާދައެވެ. އެއް ބައެއްގެ އުންމީދު ތައް ފުރިހަމަވާ ނެއެވެ. އަނެއްބަޔަކަށް މިފޮނި މީރު ކަމެއް ނުލިބޭނެއެވެ.

މިއަދު އޭނާގެ ހިތަށް އަރާ ފައިބަމުން އެދާ ކަން ކަން މިއަދު އޭނާ ދޮގުކުރާނީ ކިހިނެއް ހެއްޔެވެ . އެ ވާހަކަ  ހަދާނުން ފިލުވާނީ ކިހިނެއް  ހެއްޔެވެ. ނުވާ ކަމެކޭ ބުނާނީ ކިހިނެއް ހެއްޔެވެ.

އެދުވަހު އަހަންނަށް މާލެ  ނާދެވުނު ނަމައޭ ހިތާ ވިސް ނަން ހުއްޓައި ސަނާ ސިއްސައި ގެން ދިޔައީ ބޯޓު ފުރަން ބާކީ 5 މިނެޓޭ ގޮވާލި އަޑަށެވެ. ސަނާ މީގެ 3 އަހަރު ކުރިން މާލެ އައި ބޯޓުން މިއަދު އޭނާ އެބުރި އެދަނީ އޭނާ ގެ އުފަން ފަސް ގަޑަށް މައިންބަފައިން ކައިރި އަށެވެ. ސަނާ ބޯޓަށް އަރާހަމަ ޖެހެލި ތަނާ ބޯޓު ނައްޓާ ލައިފިއެވެ. ޖެހެމުން ދިޔަ ފިނި ވައި ރޯޅި ތަކުގެ ތެރެ އިން ސަނާގެ މާޒީގެ ސަފުހާ އެއް އެއްލިގެން ދިޔައެވެ.

ސްކޫލަށްދާން ގެއިން ނުކުމެ ޓެކްސީ އަކަށް އެރިއެވެ. ސަނާ ކޮންމެ ދުވަހަކު ވެސް ނަގަނީ ހަމަ އެ ޓެކްސީ އެވެ. މިއީ ގޯހެއް ކަންނޭންގެ އެވެ. “ކޮންމެ ދުވަހަކު މިގޭ ދޮށު ގަ ތަ އޮންނަނީ ” ސަނާ އިސްވެ ވާހަކަ ދެއްކިއެވެ. “ނޫން , މިތާ ޕާކުކޮށްފަ އޮންނާނީ” އެމީހާބުނެލި އެވެ.

އޭނާގެ ވާހަކައިގައި ސަނާ ހަމަ ރަނގަޅައް ޖައްސާލިއެވެ. ދެން އެމީހާ ދިނީ ސަނާ އަށް އެންމެ މީރު ވައްތަރުގެ ޗޮކުލެޓެކެވެ. އޭތި ކާލު މުން ދެން ވީގޮތެއް ސަނާ އަކަށް ނޭން ގުނެވެ. މުޅި ތަން އަދިރި ވެގެން ދިޔައެވެ. ހޭވެރިކަން ވީރު އެނާ އިނީ ގޮޑި އަކަށްލާ ހަތަރެސް ފައި ބަދެފައެވެ. އޭރު ކުރި މަތީގައި އެހުރީ އެ ޓެކްސީ ޑްރައި ވަރެވެ. ސަނާ އެހީ އަށް އެދި ގޮވަމުން ދިޔަ އެވެ. ހަމަ އެވަގުތު އޭނާ ހުންނަގޭ ދައްތަ އެތަނަށް ފުލުހުން ނާ އެކު ވަދެ އޭނާ ސަލާމަތް ކުރިއެވެ . “ސަނާ އަށް އެމީހާ ކަމެއް ކުރިތަ” ދައްތަ ސުވާލު ކުރަމުން ދިޔައެވެ . ނޫނެކޭ ބުނުމުގެ ގޮތުން ސަނާ އިސް ޖަހާލިއެވެ.

ސަނާ އަށް ހޭވެރި ކަން ވީރާޅު ތައް ކަފަމުން ގޮސް ބޯޓު ފަޅަށް ވައިން ތަނުންނެވެ. އެހިސާ ބުން އޭ ނާ އަށް އެހިޔާ ލުތަކުގައި އޮއް ވާ ނިދުނީ ކަން ޔަގީން ވިއެވެ.  ބޯޓު ފާލަމާ ކައިރި ކުރި އިރު މަންމަ އާއި ބައްޕަ އޭނާ ބަލާ ގޮސް ތިއް ބެވެ . އޭނާ ދުވެފައި ގޮސް އެދެމީހުން ގައިގައި ބާރަށް ބައް ދާ ރޮއެގަތެވެ.

                              “ނިމުނީ”

ޓެގް

ކުރުވާހަކަ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.