ބޭރުދުނިޔެ ޑައިވިން ކުރަން އުޅުނު ޑައިވަރެއްގެ ބޯ، މިޔަރެއް ހަފާލައިފި

ޑައިވިން ކުރަން އުޅުނު ޑައިވަރެއްގެ ބޯ، މިޔަރެއް ހަފާލައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މެކްސިކޯގެ އައްސޭރިފަށުގައި ޑައިވިނަށް ގޮސް އުޅުނު ޑައިވަރަކަށް ގްރޭޓް ވައިޓް ޝާކެއް ހަމަލާދީ އެމީހާގެ ބޯ ހަފާލާ އެމީހާ މަރާލައިފިއެވެ.

މި ހާދިސާ ހިނގާފައި ވަނީ މެކްސިކޯގެ އައްސޭރި ފަށުގައި އޮންނަ ކަނޑުގެ ސަރަހައްދުގައި، މަސްވެރިންގެ ބަޔަކު މަހަށް ނުކުމެ އުޅެނިކޮށެވެ. އެހާދިސާ ހިނގިއިރު މަސްވެރިންނަށް ވަރަށްކައިރިން އެމަންޒަރު ފެނިފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.

މަންޒަރު ދުށް މީހުންނާ ހަވާލާދީ ރިޕޯޓްތައް ބުނާ ގޮތުގައި ޑައިވަރު އެކަނި ޑައިވް ކުރަމުން ދަނިކޮށް ކުއްލިއަކަށް މިޔަރު ހަމަލާ ދީފައިވާކަމަށެވެ. ޑައިވަރު ސަލާމަތް ކުރަން މަސައްކަތް ކުރި ނަމަވެސް އޭނާ މަރުވެފައިވާ ކަމަށް ވަނީ ބުނެފަ އެވެ. ނަމަވެސް އަނިޔާ ލިބުނު މީހާގެ ވަނަވަރު އަދި ހާމަކޮށްފައެއް ނުވެއެވެ.

އެ ސަރަހައްދުން ގްރޭޓް ވައިޓް ޝާކް ފެނިފައިވާތީ އެ ސަރަހައްދުގައި މޫދަށް އެރި އުޅޭ ހުރިހާ ފަރާތްތަކަށާއި ކަނޑުގެ ސަރަހައްދަށް ޝައުގުވެރިވާ ފަރާތްތަކުން ސަމާލުވުމަށް އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފަ އެވެ. އޮފިޝަލުން ވަނީ ޑައިވަރުންނާއި ފެތުންތެރިން ޝާކްގެ އާބާދީ ބޮޑު ސަރަހައްދުތަކުގައި އެކަނި ފެތުމާއި ޑައިވް ނުކުރުމަށް އިލްތިމާސްކޮށްފަ އެވެ.

މިހާދިސާގެ ތަހުގީގެއް ކަމާބެހޭ ފަރާތްތަކުން ކުރަމުން އަންނަ އިރު، އާންމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ކަމާބެހޭ އިދާރާތަކުން އެ ސަރަހައްދު ވަރަށް ގާތުން ބަލަމުން ގެންދާނެ ކަމަށް ފުލުހުން ބުނެއެވެ. އަދި މި ސަރަޙައްދުގައި ޝާކުގެ ޢަމަލުތައް ހުރިގޮތް އިތުރަށް ދެނެގަނެ، އާންމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް މެކްސިކޯގެ ކަނޑުގެ މާހިރުންނާ ގުޅިގެން މަސައްކަތް ކުރާނެކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

ޓެގް

މެކްސިކޯ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.