އިދިކޮޅުން މިއަދު ހަވީރު ބޭއްވި “ބުންވަރު” ހިނގާލުމުގައި ގިނަޢަދަދެއްގެ މީހުން ބައިވެރިވެއްޖެއެވެ.
ރިޔާސީ އިންތިހާބަށް ތައްޔާރުވުމަށް އިދިކޮޅުން އިއްޔެ ފެށި “ހޯޕް ކޮންފަރެންސް” ގެ ތެރެއިން ކުރިއަށް ގެންދިޔަ މި ހަރަކާތް ފަށާފައިވަނީ މިއަދު ހަވީރު 4:00 ގައެވެ. މި ހިނގާލުން ފެށީ މާލޭ ޕީޕީއެމް އޮފީސް ކުރިމަތިންނެވެ.
ބެނާތަކާއެކު ފެށި މި ހިނގާލުމުގައި އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓު، އަދި ކުރީގެ ރައީސް ޔާމީންގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ބައިވެރިވެފައިވާއިރު، އެމީހުން ގޮވަމުން ދިޔައީ އެމަނިކުފާނު މިނިވަން ކުރުމަށާއި، އެމަނިކުފާނަށް ކޮށްފައިވަނީ ހަރާމް ހުކުމެއް ކަމަށެވެ.
މި ހިނގާލުމާއި ގުޅޭގޮތުން އިދިކޮޅު ކޯލިޝަންގެ އެކްޝަން ޑިޕާޓުމަންޓުގެ ޗެއާ މުހައްމަދު އިސްމާއިލް ވިދާޅުވީ ހިނގާލުން ކުރިއަށް ގެންދިއުމާއި ގުޅޭގޮތުން ފުލުހުންނާއި ބައްދަލުކޮށްފައިވާކަމަށެވެ. އަދި ފުލުހުންގެ އެއްބާރުލުން މި ހަރަކާތަށް ލިބޭނެކަމުގެ ޔަގީންކަން ދެއްވާފައިވާކަމަށް މުހައްމަދު އިސްމާއިލް ވިދާޅުވި އެވެ.
މި ހިނގާލުމުގެ އިތުރުން މިރޭވެސް ހޯޕް ކޮންފަރެންސް ކުރިއަށް ދާއިރު މިކޮންފަރެސް ނިންމުމަށް މާލޭގައި “ދުއްޕާން” ނަމުގައި ބޮޑު ޖަލްސާއެއް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...