ޚަބަރު ބޯކޮށް ވާރޭވެހި ލަންދޫގައި ފެންބޮޑުވެ 9 ގެއަކަށް ފެންވަދެ ގެއްލުންތަކެއް ވެއްޖެ

ބޯކޮށް ވާރޭވެހި ލަންދޫގައި ފެންބޮޑުވެ 9 ގެއަކަށް ފެންވަދެ ގެއްލުންތަކެއް ވެއްޖެ

ބޯކޮށް ވާރޭވެހި ލަންދޫގައި ފެންބޮޑުވެ 9 ގެއަކަށް ފެންވަދެ ގެއްލުންތަކެއް ވެއްޖެ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ނ. ލަންދޫ: ރޭ ފަތިހުން ފެށިގެން ހުއްޓުމެއްނެތި ބޯކޮށް ވާރޭވެހުމުގެ ސަބަބުން ނ. ލަންދޫގައި ވަރަށް ބޮޑަށް ފެންބޮޑުވެ، ރަށުގެ 9 ގެއަކަށް ފެންވަދެ އެކިވަރުގެ ގެއްލުންތައް ވެއްޖެއެވެ.

މިއީ ފަހަކަށް އައިސް އެ ރަށުގައި މިހާ ބޮޑަށް ފެންބޮޑުވި ފުރަތަމަ ފަހަރު ކަމަށްވާއިރު، ރަށުގެ ބޮޑެތި ހުރިހާ މަގުތަކެއްގައި ކަހަލަ ގޮތަކަށް ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފައެވެ. ރޭ ދަންވަރު ފެށުނު ވިއްސާރަ އަދިވެސް ހުއްޓުމެއް ނެތި ކުރަމުންދާއިރު، ރަށުގެ އެކި ސަރަޙައްދުތަކުގައި ފެންބޮޑުވެ ރައްޔިތުންނަށް ދަނީ ބޮޑެތި ދަތިތަކާ ކުރިމަތިވަމުންނެވެ.

މި ހާދިސާއާ ގުޅިގެން ރަށުގެ ހާލަތު އާންމު ހާލަތަކަށް ގެނައުމަށާއި ފެން ހިންދުމުގެ މަސައްކަތުގައި މުއައްސަސާތަކާއި އާންމު ރައްޔިތުން ގުޅިގެން ދަނީ މެދުކެނޑުމެއް ނެތި ހަރަކާތްތެރިވަމުންނެވެ. އެގޮތުން ލަންދޫ ކައުންސިލް އިދާރާގެ މުވައްޒަފުންނާއި، ފެނަކަ ބްރާންޗުގެ މުވައްޒަފުންނާއި، އެމްޑަބްލިޔުއެސްސީގެ މުވައްޒަފުންގެ އިތުރުން ފުލުހުންނާއި ރަށުގެ ގިނަ އަދަދެއްގެ އާންމުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ހާލަތު ކޮންޓްރޯލް ކުރުމަށްޓަކައި ޕަންޕު ބޭނުންކޮށްގެން ފެންގަނޑު ހިންދުމުގެ މަސައްކަތް ކުރަމުންދާއިރު، އިތުރަށް ގެތަކަށް ފެން ވަނުން ހުއްޓުވުމަށް ގެތަކުގެ ދޮރުމަތީގައި ވެލިބަސްތާ ޖެހުމުގެ މަސައްކަތްވެސް ދަނީ ބާރަށް ކުރިއަށެވެ. އަދި ފެން ވަދެފައިވާ 9 ގެއިން ފެން ހިއްކުމާއި، އެ ގެތަކުގައި ހުރި ހިފާގެންގުޅޭ ތަކެއްޗާއި ފަރުނީޗަރުތައް ސަލާމަތް ކުރުމުގެ މަސައްކަތް ވެސް މުއައްސަސާތަކާއި ރައްޔިތުން ގުޅިގެން ދަނީ ކުރަމުންނެވެ.

މި ވިއްސާރައިގައި ފެން ވަދެފައިވާ ގެތަކުގެ ތެރެއިން ބައެއްގޭގެ ހުރިހާ ކޮޓަރިއަކަށް ފެންވަދެފައިވާ އިރު ހިފާގެންގުޅޭ ގިނަ ތަކެއްޗަށްވެސް ވަރަށް ބޮޑަށް ގެއްލުން ލިބިފައިވާކަމަށް އެ ރަށުން މައުލޫމާތު ލިބެއެވެ. ވާރޭ ހުއްޓައިނުލައި އަދިވެސް ވެހެމުންދާ އިރު އެންމެބޮޑަށް ފެން ވަދެފައިވާ ބައެއް ގެތަކުން އަދިވެސް އެއްކޮށް ފެންހިންދިފައި ނުވާކަމަށް ވެސް އެރަށުން މައުލޫމާތުދެއްވި ފަރާތުން ބުންޏެވެ.

މިހާރުކުރަމުންދާ ވިއްސާރާގައި އިތުރު ގެތަކަށް ފެންވަދެފާނެ ކަމުގެ ބިރު އޮތުމާއެކު، ރައްޔިތުން ސަމާލުވެ ތިބުމަށް ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.

ޓެގް

ލަންދޫ މޫސުން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.