އައްޑޫ ސިޓީ ފޭދޫގައި ކާރަކާއި ސައިކަލަކާ ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހެއްގެ ބޮލަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެއެވެ.
ފުލުހުން ބުނީ ފޭދޫގައި ކާރަކާއި ސައިކަލެއް ޖެހިގެން އެކްސިޑެންޓެއް ހިނގި ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދުނު ކަމަށެވެ.
މި އެކްސިޑެންޓުގައި ސައިކަލް ދުއްވި މީހާ އަށް އަނިޔާވެގެން އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުންނެވެ. އަނިޔާވެފައި ވަނީ 19 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.
ފުލުހުން ބުނީ އެ ޒުވާނާގެ ބޮލަށް ލިބުނު އަނިޔާގެ ސަބަބުން ހާލު ސީރިއަސް ކަމަށެވެ.
ސައިކަލާއި ކާރު ދުއްވި މީހާއަކީ ވެސް އެއްގަމު އުޅަނދު ދުއްވުމުގެ ކެޓަގަރީގެ ލައިސަންސް އޮންނަ މީހެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...